ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދިޔަ 30 ބިދޭސީއަކު ޑީޕޯޓުކޮށްލައިފައިވާ ކަމަށް މޯލްޑިވްސް އިމިގުރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން ރޭގެ ވަގުތެއްގައި އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ރާއްޖެއިން ފޮނުވައިލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އެ މުއައްސަސާއިން ހިފަހައްޓާފައިވާ ބިދޭސީންގެ ތެރެއިން ބުރާސްފަތި ދުވަހު 30 ބިދޭސީން ޑީޕޯޓްކޮށްލާފައިވާ ކަމަށެވެ.
ޑީޕޯޓުކޮށްލައިފައިވަނީ ބަންގްލަދޭޝްއާއި ސްރީލަންކާއާއި އިންޑިއާއާއި ނޭޕާލްގެ މީހުންނެވެ.
https://x.com/ImmigrationMV/status/1837162120426967531?t=dDFbSh91RRiTK2wKcbkv6A&s=19
އިމިގްރޭޝަނުން ބުނީ މިއީ އިމިގްރޭޝަންގެ ގާނޫނު ތަންފީޒު ކުރާކަން ކަށަވަރުކުރުމަށް މެދުނުކެނޑި ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެއް ކަމަށެވެ.

