ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ އިތުރު 9 ބިދޭސީއަކު ހިފަހައްޓާފައިވާ ކަމަށް މޯލްޑިވްސް އިމިގުރޭޝަނުން ރޭ ބުނެފިއެވެ.
އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޓާސްކު ފޯސް އަށް ލިބުނު މައުލޫމާތެއްގެ އަލީގައި، ބުރާސްފަތި ދުވަހުގެރޭގައި ހ.ކަޅުހުރާގެ ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
މި ތަނަކީ ވެސް އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ގޮތަށް ބިދޭސީން ދިރިއުޅެމުން ދިޔަ ތަނެއް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ބުނީ މި ތަނުގައި ދިރިއުޅެމުންދިޔަ ބިދޭސީންގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 9 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އޭގެތެރޭގައި ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭ 6 ބިދޭސީއަކު ވެސް ހިމެނޭ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ގޮތަށް ބިދޭސީން ދިރިއުޅެމުންދިޔަ އިތުރު ތަނެއް ބަލައި ފާސްކޮށް،
އިމިގްރޭޝަނުން ވަނީ ބުރާސްފަތިރޭ އިތުރު 5 ބިދޭސީއަކު ވެސް ހިފަހައްޓައިފައެވެ.

