މެރިޓައިމް ދާއިރާ މުޅިރާއްޖެއަށް ފުޅާކޮށްލުމަކީ ރައީސްގެ ރިޔާސީ ވަދުފުޅެއް ކަމަށާއި އެމަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދަވާނެ ކަމަށް އެމްޕީއެލްގެ ސީއީއޯ ވިދާޅުވެއްޖެއެވެ.
ސީއީއޯ މިހެންވިދާޅުވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި އަދި ހއ ހޯރަފުށީ ކައުންސިލާއި ދެމެދު ބޭއްވި މަޝްވަރާ ބައްދަލުވުމުގައެވެ.
މިބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ހޯރަފުށީ ކައުންސިލް އިދާރާގައެވެ.

ހޯރަފުށީ ކައުންސިލާއި އެމްޕީއެލާއި ދެމެދު ކުރިއަށްދިޔަ ބައްދަލުވުމުގެ ތެރެއިން/ފޮޓޯ: ހުވަދޫ މީޑިއާ
މި ބައްދަލުވުމުގައި ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު އަދި ކައުންސިލް މެމްބަރުން އަދި ދާއިރާގެ މެމްބަރު ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ހޯރަފުށީ ކައުންސިލްގެ ރައީސް ވިދާޅުވީ ސަރުކާރުގެ އެސްއޯއީ ތަކުގެ ތެރެއިން އެމްޕީއެލް ވެގެންދަނީ އެންމެ ހިންގުންތެރި ކުންފުންޏެއްގެ ގޮތުގައެވެ.

ހޯރަފުށީ ކައުންސިލާއި އެމްޕީއެލާއި ދެމެދު ކުރިއަށްދިޔަ ބައްދަލުވުމުގެ ތެރެއިން/ފޮޓޯ: ހުވަދޫ މީޑިއާ
އަދި އެކަމުގެ ހެއްކަކީ މިހާރު ރާއްޖޭގައި އަލަށް ފަށައިގެން ކުރިއަށްދާ ބަންކަރިންގެ ހިދުމަތް އެންމެ 10 މަސް ދުވަހުގެ ތެރޭގައި ހަގީގަތަކަށް ހެއްދެވުން ކަމަށެވެ.
" 10 މަސް ދުވަހުގެ ތެރޭގައި ރައީސްގެ ވިސްނުމާއި އެއްގޮތަށް ބައިނަލްއަގުވާމީ ހިދުމަތެއް ރާއްޖޭގައި ފެށުމަކީ ކުޑަކަމެއް ނޫން. އެއީ ކާމިޔާބު މަސައްކަތެއް" ކައުންސިލް ރައީސް މުހައްމަދު ވަހީދު
މި ބައްދަލުވުމުގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މެރިޓައިމް ދާއިރާފުޅާ ކުރުމަކީ ރައީސް ޑރ މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ.

އަދި ރައީސް ވަރަށް ބޮޑު އަހަމިއްޔަތު ކަމެއް ދެއްވާ ކަމެއް ކަމަށެވެ. ރައީސް ގެ އެ ވައުދުފުޅުތައް ހަގީގަތަކަށް ހެދުމުގެ މަސައްކަތް އެމްޕީއެލުން ހުއްޓުމެއްނެތި ކުރިއަށް ގެންދާނެކަމަށެވެ. އަދި ރައީސް އެންމެ ބޭނުންފުޅުވަނީ ކުރިން ނުކުރެވި ހުރި ކަންކަން ކުރުމަށް ކަމަށާއި، ރާއްޖެއަށް މުހިންމު ކަންކަން ކުރުމަށް ކަމަށެވެ.
"ރައީސް އަބަދުވެސް އިރުޝާދު ދެއްވަނީ ރާއްޖެއަށް ނުކުރެވިހުރި މުހިންމު ކަންކަން ކުރުމަށް. ވަކިން ހާއްސަކޮށް މެރިޓައިމް ދާއިރާގައި ހުރި މުހިންމު ކަން މުޅިރާއްޖެއަށް ފުޅާ ކުރުމަކީ ރައީސްގެ އަމާޒް. އެމަސައްކަތް ހުއްޓުމެއްނެތި އެމްޕީއެލުން ކުރާނެ ކަމުގެ ޔަގީންކަން ރާއްޖޭގެ ރައްޔިތުންނަށް އަރުވަން" ސީއީއޯ ވަޖީހު
ހޯރަފުށީ ކައުންސިލުން މިއަދު އެމްޕީލާއި ބައްދަލުކުރެއްވި އިރު މިދިޔަ ހަފްތާގައި ވަނީ އިހަވަންދިއްޕޮޅުގައި އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ރަސްމީކޮށް ފަށާފައެވެ. އަދި މިއާއި އެކު މިހިދުމަތް ދިނުމަށް ކޮންމެހެން ބޭނުންވާ އައިއެސްޕީއެސް ގޭޓުވަމީ ހއ އުލިގަމުގައި ހުޅުވާފައެވެ.

އިހަވަންދިއްޕޮޅުގައި މެރިޓައިމް ދާއިރާއާއި ގުޅުންހުރި މުހިންމު މަސައްކަތްތަކެއް އެމްޕީއެލުން ދަނީ ކުރިއަށް ގެންދަމުންނެވެ. މީގެ ތެރޭގައި ޑޮކް ޔާޑަކާއި ސްލިޕްވޭއެއް އެޅުމުގެ މަސައްކަތު އެމްއޯޔޫގައި އިހަވަންދޫ ކައުންސިލާއި އެކު ވަނީ ސޮއި ކޮށްފައެވެ. އަދި ބޮޑެތި އާގުބޯޓު ފަހަރަށް ހިދުމަތް ދެވޭ ގޮތަށް ކުޅުދުއްދުށި ބޯޓު ޔާޑުގެ މަސައްކަތްވަނީ ނިމުމަކާ ގާތްވެފައެވެ. މިއީ މެރިޓައިމް ދާއިރާ މިހާފުޅާގޮތެއްގައި ރާއްޖޭގައި ކުރިއަށްދާ ފުރަތަމަ ފަހަރެވެ.

