ބަދަހިވާނޭ ޢާއިލާ
ޅެން: މުޙައްމަދު ޢަޖީބު، ފަހެނާ/ގދ.ތިނަދޫ
ހަރުދަނާ މުޖުތަމަޢުގައި ބިންގާ ކަމަށްވާ ޢާއިލާ
ހަރުހަވެތި ކަމުގައިނުވޭ ފެނިފާ ބަދަހި ގުޅުމާ ނުލާ
ކުރިމަގަށް މަގު ދައްކަމުން ހެޔޮފޯރުވައިދީ އަނެކުނަށް
ހެޔޮ ބަހުން ޞަދަޤާތްކުރީމާ ބަދަހިވާނޭ ޢާއިލާ
ޙައްޤުތައް ހަމަ ކޮންމެ މީހަކު އުނި ނުކޮށް ކުރުމުން އަދާ
ޙައްލު ފެނި މައްސަލަތަކުން ރެކި ބަދަހިވާނޭ ޢާއިލާ
ލޯބި ދީ ހިނިތުންވުމާއެކު ޙަސަދަޔާ ދުރުހެލިވުމުން
ފާފަ ބޮޑު ފިތުނައިގެ ހުޅު ނިވި ބަދަހިވާނޭ ޢާއިލާ
އިޙުތިރާމާ ޤަދަރު ދީގެން ބައިއަނާވެސް ބީނުވާ
އިޙުތިރާމާ ޤަދަރު ދިނުމުން ބަދަހިވާނޭ ޢާއިލާ

