ސަރުކާރުން 5 މިލިޔަން ގަސް އިންދުމަށް ފަށާފައިވާ ޕްރޮގްރާމުގެ ދަށުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އިއްޔެ އދ. ފެންފުށީގައި 500 ރުއް އިންދައިފިއެވެ.
މި ޕްރޮގްރާމުގައި ރުއް އިންދުމުގައި ފެންފުށީ ރައްޔިތުންނާއި އިދާރާތަކުން ސްޓެލްކޯއަށޯއަށް ދިން އެއްބާރުލުން ފާހަގަކޮށް، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވަނީ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
ރައީސް ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ސަރުކާރުން އަމާޒު ހިފާފައިވަނީ 2028 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރިން މުޅި ރާއްޖޭގައި 5 މިލިޔަން ގަސް އިންދުމަށެވެ. މި ލަނޑުދަނޑި ހާސިލް ކުރުމަށް ސްޓެލްކޯއިން ނިންމާފައިވަނީ އެކުންފުނިން 500،000 ގަސް އިންދުމަށެވެ.
މީގެ އިތުރުން، ސްޓެލްކޯއިން މިއަހަރު ވަނީ ކ. ތުލުސްދޫގައިވެސް ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ.
މި ޕްރޮގްރާމަކީ ތިމާވެށި ރައްކާތެރިކުރުމަށާއި، ދިވެހިރާއްޖޭގެ ގުދުރަތީ މާހައުލު ދެމެހެއްޓުމަށް ސަރުކާރުން ކުރިއަށް ގެންދާ މުހިންމު މަސައްކަތެއްކަން ފާހަގަކުރެވެއެވެ. މިފަދަ ޕްރޮގްރާމްތަކުން ރާއްޖޭގެ ތިމާވެށްޓަށް ކުރާނެ ފައިދާތައް ގިނަގުނަވާނެ ކަމަށް ބެލެވެއެވެ.

