ށ. ފުނަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާން ކޮށްފިއެވެ.
މަކަރާއި ހީލަތުގެ މައްސަލައެއްގައި ތުހުމަތުކުރެވޭ ފަރާތެއް ހޯދުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އާންމުކޮށް އިޢުލާނުކޮށްފިއެވެ.
ފުލުހުން ބުނީ އިއުލާން ކޮށްފައި ވަނީ ފުނަދޫ ފުލުހުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގައި ތުހުމަތުކުރެވޭ ފަރާތެއް ހޯދުމަށް ކަމަށެވެ. މިމައްސަލައިގެ ތަހުގީގަށް ހޯދަމުންދާާ ފަރާތަކީ ހދ. ނޭކުރެންދޫ، ސާޒް ކިޔާ ގެއެއްގެ 35 އަހަރުގެ ޢަބްދުﷲ ރިޝީފް ނަމަކަށް ކިޔާ ފިރިހެނެކެވެ. މި މައްސަލައިގެ ތަހުގީގަށް މީނާ ހާޒިރުކުރަން ބޭނުންވެ އުޅޭ ތަނެއް ނޭނގުމުގެ ސގެ ސަބަބުން ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ޢަބްދުﷲ ރިޝީފް 2024 ސެޕްޓެމްބަރ 24 ވަނަ ދުވަހުގެ ހެނދުނު 9:00 އަށް ސާޖަންޓު އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް ހާޒިރުވުމަށް ފުލުހުން އަންގާފައިވެއެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

