ހުޅުމާލޭގައި ރޭ ދަންވަރު މާރާމާރީއެއް ހިންގައި ބިދޭސީއަކު ޒަހަމުކޮށްލައިފި އެވެ.
ފުލުހުން ބުނީ، މާރާމާރީ ރިޕޯޓްކޮށްފައިވަނީ ރޭ ދަންވަރު 3:50 ހާއިރު ކަމަށާއި، ޒަހަމްވި ބިދޭސީ މީހާއަށް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ފުލުހުން ބުންޏެވެ.
އެހެންނަމަވެސް އޭނާއަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.
މީގެ އިތުރުންވެސް، މިމައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިވާ ކަންވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

