އައްޑޫ ސިޓީން ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިއްޖެއެވެ.
ގެއްލިގެން ހޯދީ މެދު އުމުރުގެ އަހުމަދު ހާރޫން ނަމަކަށް ކިޔާ ފިރިހެނެކެވެ.
ރޭގައި 7:00 ހާއިރު ގެއިން ނުކުމެގެން ދިޔަ ހާރޫން ގެއަށް ނައިސް ގެއްލިގެން އުޅޭ މައްސަލަ ފުލުހުންނަށް ހުށަހެޅީ މިއަދު 13:30 ހާއިރެވެ.
ފުލުހުން ވިދާޅުވީ ހާރޫން ދިރިއުޅޭ ގޭގެ ގޯތި ތެރޭގައި ވަކިން ހުންނަ ކޮޓަރިއަކުން 17:05 ހާއިރު އެމީހާ ފެނިފައިވާ ކަމަށެވެ. ހާރޫންގެ ސިއްހީ ހާލަތު ބެލުމަށް މަރަދޫ ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

