އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާއި ރާއްޖޭގެ 3 ޖަމްއިއްޔާއަކާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނީ ރާއްޖޭގެ 3 ޖަމްއިއްޔާއަކާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފައިވަނީ ދީނީ އަދި އިޖުތިމާއީ ދާއިރާތަކުން ފަންނީ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމާ ގުޅޭގޮތުން ކަމަށެވެ.
ޖަމްޢިއްޔާތަކުގެ މަހާސިންތާއަށްފަހު ވުޒާރާއިން ސޮއިކޮށްފައިވަނީ ދ.ކުޑަހުވަދޫ ޔުނައިޓެޑް އިސްލާމިކް ސޮސައިޓީއާއި ލ.ފޮނަދޫ އިލޫމިނޭޓް ލާމް މޫވްމެންޓު އަދި ރ. މީދޫ އުއްމީދު ޖަމްއިއްޔާއާއެކުއެވެ.
ވުޒާރާއިން ބުނީ މި ފަހުމުނާމާގެ ދަށުން ޖަމްއިއްޔާތަކާއި ވުޒާރާ ގުޅިގެން ގިނަ ކަންތައްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

