ފުލުހުންގެ ޚިދުމަތުގެ ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.
މި މައްސަލާގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވަނީ ށ.ފޯކައިދޫ / ދަންމަރު، އަޙްމަދު ޒާހިދު (36އ) އާއި ސ.ފޭދޫ / އެވަރެސްޓް، ޙުސައިން ޞާލިޙް (40އ) އަށެވެ.
ފުލުހުން މިއަދު ބުނީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަަަމަށެވެ.
އެ ދެ މީހުން ހާޒިރުވާން އަންގާފައިވަނީ ސެޕްޓެމްބަރު 30 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ނުވަތަ ވީ އެންމެ އަވަހަކަށް ސާޖަންޓު އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަނަށެވެ.

