މަގުމަތީގައި ޕާކު ކޮށްފައިހުރި ސައިލެއްގެ ޕޮކެޓްގައި ބޭއްވުނު 32000 ރފ. ފޯނެއް ފުލުހުން ހޯދައިފިއެވެ.
ފުލުހުން ބުނީ ޑީޑީ ގޯޅީގައި ޕާކް ކޮށްފައިހުރި ސައިކަލެއްގެ ޕޮކެޓްގައި ހަނދާންނެތިގެން ބޭއްވުނުނ32000 ރުފިޔާގެ އަގުހުރި މޯބައިލް ފޯނެއް ވަގަށް ނަގާފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓް ލިބުނީ މި މަހު 21 ވަނަ ދުވަހު ކަމަށާއި، ފުލުހުން ވަނީ އެ މައްސަލަ ބަލާފައި ކަމަށެވެ.
އެ މައްސަލަ އާއި ގުޅިގެން އެ މޯބައިލް ފޯން ހޯދުމަށް ސީސީޓީވީ ފޫޓޭޖް ބަލައި ފޯނު ނެގިމީހާ ފުލުހުން ކުރި މަސައްކަތުން ދެނެގެނެވިފައިވާ ކަމަށެވެ. އެހެންކަމުން މިހާރުވަނީ އެމީހާއާއި ފޯނު ހަވާލުކުރެވިފައި ކަމަށެވެ.

