އުމްރާގެ އަޅުކަން އަދާކުރުމަށް ގޮސް އުޅުނު ދިވެއްސަކު ނިޔާވެއްޖެއެވެ.
އުމްރާގެ އަޅުކަމަށް ގޮސް އުޅެނިކޮށް މި މަހުގެ 21 ގައި ނިޔާވީ ފުވައްމުލައް ސިޓީ، ފުނާޑު/އޮފީލިޔާ، ޙުސައިން ފުތާ (69 އ) އެވެ.
އޭނާއަކީ މި މަހުގެ 20 ގައި މުސާފިރު އުމްރާ ގުރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ މީހެކެވެ.
އޭނާގެ މައްޗަށް ކަށުނަމާދު ކުރެވުނީ މިއަދު ފަތިސް ނަމާދަށްފަހު އަލްމަސްޖިދުލް ޙަރަމްގައެވެ.

