މިދިޔަ އޮގަސްޓު މަހުގައި ފެމިލީ ކޯޓުގައި 186 ކައިވެނިކޮށްފައިވާއިރު، 147 ވަރި ކޮށްދީފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފެމިލީ ކޯޓުން މިއަދު ވަނީ އޮގަސްޓު މަހުގެ ކާވެންޏާއި ވަރީގެ އަދި އެހެނިހެން ތަފާސްހިސާބުތައް އާންމުކޮށްފައެވެ.
އޮަގަސްޓު މަހު ފެމިލީ ކޯޓުން ބެލި ވަރީގެ މައްސަލަތަކުގެ ތަފާސްހިސާބަށް ބަލާއިރު، ވަރިވުމަށް އެދި 61 މައްސަލަ ހުށަހެޅިއެވެ. އަދި ވަރިކުރުމަށް އެދި 31 މައްސަލައާއި ވަރި ސާބިތުކުރުމަށް 52 މައްސަލައާއި ވަރިއާމެދު ޝައްކުވެގެން 3 މައްސަލަ ހުށަހަޅާފައިވެއެވެ.
ނިމުނު މައްސަލަތަކަށް ބަލާއިރު، ވަރިވުމަށް އެދި ހުށަހަޅާއިފައިވާ 80 މައްސަލައާއި ވަރިކުރުމަށް އެދި ހުށަހަޅާފައިވާ 45 މައްސަލައާއި ވަރި ސާބިތުކުރުމަށް އެދި ހުށަހަޅާފައިވާ 62 މައްސަލައާއި ވަރިއާމެދު ޝައްކުވެގެން ހުށަހެޅި 1 މައްސަލައާއެކު ޖުމްލަ 188 މައްސަލަ ނިންމާފައިވެއެވެ.
ފެމިލީ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަހު އެ ކޯޓުން ޖުމްލަ 237 މައްސަލަ ނިންމާފައިވެއެވެ.
ވަރީގެ މައްސަލަތަކުގެ އިތުރުން އޭގެތެރޭގައި ހިމެނެނީ ކުޑަކުދިންނާ ގުޅުން ހުރި 12 މައްސަލައާއި ޚަރަދުގެ 16 މައްސަލައާއި ގެވެށި އަނިޔާއާ ގުޅޭ 6 މައްސަލައާއި އާއިލީ އެހެނިހެން 15 މައްސަލައެވެ.

