ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއާއި ބައްދަލުކުރައްވައިފިއެވެ.
ރައީސް ފަލަސްތީނުގެ ރައީސްއާއި ބައްދަލުކުރެއްވީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަން ކުރިއަށްދިޔަ ބައްދަލުވުމަށްފަހު ޤައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއާއި ބައްދަލުކުރައްވުން/ފޮޓޯ : ރައީސް އޮފީސް
ރާއްޖެއާއި ފަލަސްތީނަކީ އަބަދުވެސް ވަރަށް ގާތްގުޅުމެއް އޮންނަ ދެ ގައުމެވެ. ރައީސް ގެ މި ބައްދަލުވުމުގައި ރާއްޖެއިން ވަޑައިގެންނެވި ވަފްދުގެ އިސް ބޭފުޅުންވެސް ވަނީ ބައިވެރިވެލައްވާފައެވެ.

