ދ. މީދޫ، ބަނޑިދޫ އަދި ށ. ފުނަދޫގައި އައިސްޕްލާންޓް އެޅުމުގެ އެއްބަސްވުމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މިއަދު މިފްކޯއާއެކު ސޮއިކޮށްފިއެވެ.
އެ އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތު ބާއްވާފަވަނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގައެވެ.
އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ވުޒާރާގެ ފަރާތުން ޑިރެކްޓަރ ޖެނެރަލް އީނާސް ނަސީރު އަދި މިފްކޯގެ ފަރާތުން އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރ (ސީއެފްއޯ) އިލްޔާސް ޙަނީފެވެ.
އެ މަޝްރޫޢުގެ ދަށުން އެޅޭ ކޮންމެ އައިސްޕްލާންޓަކީ ދުވާލަކު 30 ޓަނުގެ އައިސް އުފައްދާ ޕްލާންޓެކެވެ. މީގެ އިތުރުން ކޮންމެ ޕްލާންޓަކާއެކު 50 ޓަނުގެ އައިސް ރައްކާކުރާ ސްޓޯރޭޖެއް ވެސް އަޅާނެއެވެ. އެ ތިން އައިސްޕްލާންޓް ނިމުމުން ދުވާލަކު ޖުމްލަ 80 ޓަނުގެ އައިސް އުފެއްދޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
އެ އައިސްޕްލާންޓްތައް ޤާއިމުކުރުމަކީ ސަރުކާރުން މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މުހިންމު މަސައްކަތެކެވެ.

