ޑޯގް ސްކޮޑް އެއާޕޯޓުގައި ދަނީ ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުން ބުނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް، ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ކަސްޓަމް ސަރވިސް އަދި މޯލްޑިވްސް އެއާޕޯސްޓް ކޮމްޕެނީ ގުޅިގެން ހާއްސަ މަސައްކަތްތަކެއްދަނީ ކުރަމުން ކަމަށެވެ.
ކުއްތާތައް މީގެ ކުރިންވެސް އެކި އެކި އޮރޭޝަންތަކުގައި ފުލުހުން ބޭނުން ކުރެއެވެ. ނަމަވެސް މިއަދު މި ހިންގާ އޮޕަރޭޝަނުގެ އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

