މޫސުން ގޯސްވުމުގެ ސަބަބުން، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެެރެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސް (މެޓް) އިން ހުދު ސަމާލު ނެރެފައިވަނީ ހއ.އަތޮޅުން ފެށިގެން ފ.އަތޮޅަށެވެ. ސަމާލު ނެރެފައިވަނީ 13:15 އިން ފެށިގެން މިރޭ 19:00 އާ ހަމައަށެވެ.
މި ވަގުތުތަކުގައި މި ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މީގެއިތުރުން ކަނޑުތައް ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.
ހުދު ސަމާލަކީ މޫސުން ގޯސްކަން އެންގުމާއި ރައްކާތެރިވެ ތިބުމަށް ސަމާލުކަން ދިނުމަށް ނެރޭ ސަމާލެކެވެ. އެހެންކަމުން ކަނޑުދަތުރުތައް ފެށުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން މުހިންމެވެ.

