ޤައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު މުހައްމަދު ސާއިފް ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
ފުލުހުން ބުނީ ހއ. ހޯރަފުށި / ހީރާ، 30 އަހަރުގެ މުޙައްމަދު ސާއިފްގެ ޚަބަރެއް ނުވެ ގެއްލިފައިވާ ކަމަށް އާއިލާއިން ރިޕޯޓު ކޮށްފައިވާކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންކުރަމުން އަންނަ ކަމަށެވެ. ސާއިފް މިހާރު ދިރިއުޅޭ އެޑްރެހަކީ، ހުޅުމާލެ ފުލެޓް 205-2-35 އެވެ.
މުޙައްމަދު ސާއިފް އެންމެ ފަހުން ފެނިފައި ވަނީ ސެޕްޓެންބަރު 24 ވަނަ ދުވަހުގެ ރޭ 21:00 ހާއިރު، ހުޅުމާލެ ފޭސް 3 އިން ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އެންމެ ފަހުން ސާއިފް ފެނުނު އިރު އޭނާ ލައިގެން ހުރީ މަޑު ފެހިކުލައިގެ އަތްދިގު ގަމީހަކާއި ޖިންސެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ސާއިފްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަންގެ 9393351 އަށް ގުޅުމަށް ފުލުހުން އެދިފައިވެއެވެ.

