ގެއްލިގެން ހޯދަމުން ދިޔަ ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު މުހައްމަދު ސާއިފް ފެނިއްޖެ އެވެ.
ފުލުހުން ބުނީ ހއ. ހޯރަފުށި / ހީރާ، މުޙައްމަދު ސާއިފް (30އ) މިހާރު ދިރިއުޅޭ އެޑްރެސް: ހުޅުމާލެ ފުލެޓް 205-2-35 ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ ކަމަށެވެ. އެގޮތުން އޭނާ އެންމެ ފަހުން ފެނިފައިވަނީ އިއްޔެ ރޭ 21:00 ހާއިރު، ހުޅުމާލޭ ފޭސް 3 އިން ކަމަށް ފުލުހުން އޭރު ވަނީ ބުނެފައެވެ.
ފުލުހުން ދެންމެ ބުނީ ހޯދަމުން ދިޔަ ސާއިފު ފެނިފައިވާ ކަމަށެވެ.
އޭނާ ފެނިފައިވަނީ މާލޭއިން ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރަކަށް ކުޅެމުން އައި ސާއިފް ވަނީ މީގެ ކުރިން ވެލެންސިއާ، ގްރީން ސްޓްރީޓްސް ފަދަ ޓީމުތަކަށް ވެސް ކުޅެދީފައެވެ.

