ޓިއުބަކިއުލޯސިސް ނުވަތަ ޓީބީ އަކީ މައިކޯބެކްޓީރިއަމް ޓިއުބަރ ކިއުލައި ކިޔާ ބެކްޓީރިޔާއެއްގެ ޒަރީއާއިން ޖެހޭ ބައްޔެކެވެ. މި ބަލި ޢާންމުކޮށް ފެންނަނީ ދެ ގޮތަކަށެވެ. އެއީ ފުއްޕާމެއަށް ޖެހޭ ޓީބީ އާއި ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ޖެހޭ ޓީބީ އެވެ. އާންމު ދިވެހިން މި ބައްޔަށް ކިޔަނީ "ކެއްސުން" ބައްޔެވެ.
ޓީބީ ބަލި ފެތުރެނީ ފުއްޕާމެއަށް ޓީބީ ޖެހިފައިވާ މީހުންގެ ތެރެއިން ޖަރާސީމު ކުޅުން ފެންނަ މީހަކު ކެއްސާ ނުވަތަ ކިނބިހި އަޅާއިރު ވައިގެ ތެރެއަށް ދޫވާ ޖަރާސީމު އެހެން މީހެއްގެ ހަށިގަނޑަށް ވަނުމުންނެވެ. ޓީބީ ޖެހުމުގެ ފުރުޞަތު އެންމެ ބޮޑީ ހަށިގަނޑުގެ ދިފާޢީ ނިޒާމު ބަލިކަށިވެފައިވާ މީހުންނަށެވެ. މީގެ ތެރޭގައި ކުޑަކުދިން، ދުންފަތުގެ އިސްތިޢުމާލުކުރާ މީހުން، ހަކުރު ބަލީގެ މީގެ މީހުން އަދި އުމުރުން ދުވަސްވީ މީހުން ހިމެނެއެވެ.
ޓީބީއަށް ދެވޭ ފަރުވާއަކީ ސީދާ ބެލުމުގެ ދަށުން ދެވޭ ފަރުވާއެކެވެ. ބޭސް ކާންވާނީ ސިއްޙީ އެހީތެރިއެއްގެ ބެލުމުގެ ދަށުންނެވެ. ބޭސް ކާން ޖެހޭ އެންމެ ކުރު މުއްދަތަކީ 6 މަހެވެ. ބަލީގެ އަލާމާތްތައް ހުއްޓުނު ކަމުގައި ވިޔަސް، ހުރިހާ ޖަރާސީމެއް މަރުވަންދެން ބޭސް ކާންވާނެއެވެ.

ޓީބީގެ އަލާމާތްތަކުގެތެރޭގައި، މޭގައި ރިއްސުން
ޓީބީގެ އަލާމާތްތަކާއި ފަރުވާ:
ކުރީގައި މި ބައްޔާ މެދު ހޭލުންތެރިކަން ކުޑަވުމުގެ ސަބަބުން، ބައެއް ފަހަރު މިއީ މަރުބައްޔަކަށްވެސް ވެފައި އެބަހުއްޓެވެ. ނަމަވެސް މިހާރު ކަމާ ބެހޭ މާހިރުންނާއި މަޢުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުގެ އެހީއާއެކު ބަލީގެ އަލާމާތްތައް ދެނެގަނެވެން އެބައޮތެވެ. އަލާމާތްތައް ފެންނަން ފެށުމުން ވީއެންމެ އަވަހަކަށް ޑޮކްޓަރެއްގެ ލަފާ ހޯދައި ފަރުވާ ކުރަން ފެށުމަކީ ސަލާމަތާއި ރައްކާތެރިކަމަށް އެޅޭ ފިޔަވަޅެކެވެ.
ޓީބީގެ އަލާމާތްތައް ފެންނާނީ އެ ހަށިގަނޑެއްގައި ޓީބީ ޖެހުނު ގުނަވަނަކާ ގުޅޭގޮތުންނެވެ. އެންމެ އާންމުކޮށް ޖެހޭ ފުއްޕާމެއަށެވެ.
ޓީބީ ޖެހުމުން ފެންނަ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ:
- – ތިން ހަފުތާއަށްވުރެ ދިގު މުއްދަތަކަށް ކެއްސުން ހުއްޓާނުލައި ކެއްސުން (ދިވެހިންގެ ތެރޭގައި މިއަށް "ހޯއްގޮވާ" ކެއްސުމޭވެސް ކިޔައެވެ.)
- – ކެއްސާއިރު އަންނަ ކުޅުގައި އަދި ކުޅުނެތަސް ކެއްސުމުން ބައެއް ފަހަރު ގިނައިން ލޭ ހުރުން
- – މޭގައި ރިއްސުން (ވަރަށް ގަދަ ރިހުމެއް، މޭގަނޑު އިރައިގެންދާހެން ހީވާ ރިހުމެއް)
- – ހުން އައުން
- – ރޭގަނޑު ދާހިއްލުން (މިއީ ވަރަށް ފަސޭހައިން ޓީބީކަން ދެނެގަނެވޭ އަލާމާތެއް)
- – ތުރުތުރު އެޅުން
- – ކާހިތް ނުވުން
- – ބަރުދަން ލުއިވުން
- – ވަރުދެރަވުން

ތިން ހަފުތާއަށްވުރެ ދިގު މުއްދަތަކަށް ކެއްސުން ހުއްޓާނުލައި ކެއްސުން
މިފަދަ އަލާމާތްތައް ފެނުނުހާ އަވަހަކަށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ޓެސްޓު ހެއްދުމަށް އަވަސްވެގަންނަން ޖެހެއެވެ. އަދި މި ބައްޔާމެދު ފަރުވާކުޑަ ނުކުރުމަކީ މުހިންމު ކަމެކެވެ. ބޭސް ހޯދައި ދީފައިވާ ބޭސް މުއްދަތު ހަމަވަންދެން ގަވާއިދުން ފުރިހަމަކޮށް، ދެވިފައި އޮންނަ އިރުޝާދާ އެއްގޮތަށް ބޭސް ބޭނުންކުރަން ވާނެއެވެ..
ޓީބީގެ ޖަރާސީމަކީ އެހާ ފަސޭހައިން ހަށިގަނޑުން ނައްތާލެވޭ ވަރަށްވުރެ ވަރުގަދަ ޖަރާސީމެކެވެ. ބޭސް ބޭނުންކުރަން ފަށައިގަނެ މާގިނަ ދުވަސްތަކެއް ނުވަނީސްވެސް ބަލި ރަނގަޅުވީހެން ހީވާނެއެވެ. އެހެންނަމަވެސް ބަލީގެ ޖަރާސީމު ހަށިގަނޑުން ނައްތާލުމަށް ޓަކައި، ޑޮކްޓަރު ވިދާޅުވާ މުއްދަތަށް ބޭސް ބޭނުންކުރަން ވާނެއެވެ.
- ބަލީގެ އަލާމާތްތައް އެނގޭ ވަގުތުން ފަށައިގެން މާސްކު އެޅުމާއި އެހެން މީހުންނާއެކުގައި އުޅުމުގައި ވީހާވެސް ބޮޑަކަށް ރައްކާތެރިވާންވާނެއެވެ. މިއީ ބަލި އެހެން މީހުންނަށް ފެތުރުން ހުއްޓުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
- ޓީބީ އަކީ ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔަކަށްވާތީ، ބަލި ޖެހިފައިވާ މީހާ އެކަހެރިކޮށް، އޭނާއަށް ބޭނުންވާ ފަރުވާ ދިނުމަކީ މުހިންމު ކަމެކެވެ.

މި ބައްޔާމެދު ފަރުވާކުޑަ ނުކުރުމަކީ މުހިންމު
- ޓީބީ ބަލި ކޮންޓްރޯލް ކުރުމަށް ސަރުކާރުންނާއި ސިއްޙީ ދާއިރާއިން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ދިޔަ ނަމަވެސް، މުޖުތަމަޢުގެ އެހީތެރިކަމާއި އެއްބާރުލުން ނެތި މި ބަލި ފެތުރުން ހުއްޓުވުމަކީ ދަތިކަމެކެވެ. އެހެންކަމުން، ޓީބީއާ ބެހޭ މަޢުލޫމާތު އާންމުންނަށް ފޯރުކޮށްދީ، ހޭލުންތެރިކަން އިިތުރުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
- ޓީބީ އަކީ ނުރައްކާތެރި ބައްޔެއް ނަމަވެސް، އެކަށީގެންވާ ފަރުވާ ލިބިއްޖެނަމަ، މި ބަލިން ފަސޭހަވެ، ދުޅަހެޔޮ ދިރިއުޅުމަކަށް އެނބުރި ދެވިދާނެއެވެ. އަވަހަށް ފަރުވާ ހޯދައި، ޑޮކްޓަރުގެ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމުން، މި ބަލިން ސަލާމަތްވުމުގެ ފުރުޞަތު ވަރަށް ބޮޑެވެ. އަދި ޓީބީއާ ބެހޭ މަޢުލޫމާތު އިތުރުކޮށް، ހޭލުހޭލުންތެރިކަން އުފެއްދުމަކީ މުޅި މުޖުތަމަޢުގެ ޒިންމާއެކެވެ. މިކަމުގައި އެންމެން ގުޅިގެން މަސައްކަތްކުރުމުން، ޓީބީ ބަލި ކޮންޓްރޯލް ކުރެވި، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރެވޭނެއެވެ.

އެހެން މީހުންނާއެކުގައި އުޅުމުގައި ވީހާވެސް ބޮޑަކަށް ރައްކާތެރިވާންވާނެ
ދުނިޔޭގެ ޓީބީ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެވެސް މާރިޗު މަހުގެ 24 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަ ކުރަން ފެށީ 1882 ވަނަ އަހަރު ޑރ. ރޮބަޓް ކޯކް ޓީބީ ޖެހެން މެދުވެރިވާ ބެކްޓީރިއާއާ ބެހޭ ގޮތުން މަޢުލޫމާތު ހޯދުމާ ގުޅިގެންނެވެ. ނަމަވެސް މިހާރުވެސް މި ބަލީގެ މަޢުލޫމާތު ރަނގަޅަށް ނޭނގުމާއި ބައްޔާ ބެހޭގޮތުން ހޭލުންތެރި ނުވުމުގެ ސަބަބުން ދިމާވާ ކަންތައްތައް ދިވެހި މުޖުތަމަޢުންވެސް ފެންނަމުންދެއެވެ.
ޓީބީ އަކީ ފަރުވާ ލިބެން ހުރި ބައްޔެކެވެ. އެކަށީގެންވާ ފަރުވާ ލިބިއްޖެނަމަ، މި ބަލިން ފަސޭހަވެ، ދުޅަހެޔޮ ދިރިއުޅުމަކަށް އެނބުރި ދެވިދާނެއެވެ. އެހެންކަމުން، ޓީބީ އަކީ މަރު ބައްޔެއް ނޫނެވެ. ނަމަވެސް ފަރުވާ ހޯދުމުގައި ލަސްވެއްޖެނަމަ، ނުރައްކާތެރި ނަތީޖާތަކާ ކުރިމަތިލާން ޖެހިދާނެއެވެ. އެހެންކަމުން، އަވަހަށް ފަރުވާ ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ.

