ރައީސް މަރާލާނެ ކަމަަށް ބުނެ އިންޒާރިދިން މައްސަލައެއް ދިވެހި ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ ތަރުޖަމާނު އެސިސްޓެންޓް ކޮމިޝަނާރ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުގެ އިންޒާރު ދިން މައްސަލައެއް މޯލްޑިވްސް ޕޮލިސް ސާވިސް އަށް ހުށަހެޅިފައިވާ ކަމަަށާއި، އެ މައްސަލަ މިހާރު ބަލަން ފަށާފައިވާ ކަމަށެވެ.
ފުލުހުން މިފަދަ މައްސަލައެއް ބަލަން ފަށާފައިވާއިރު ރައީސް މުއިއްޒަށް މީހަކު މަރުގެ އިންޒާރު ދީފައިވަނީ ރައީސް މިހާރު ކުރައްވަމުން ގެންދަވާ އދ.ގެ އާންމު މަޖިލީހުގެ ސެޝަންތައް ލައިވް ކުރަމުންދަނިކޮށް ކުރެއްވި ޕޯސްޓެއްގައެވެ. އަދި މި މީހާ މި ކޮމެންޓް ކޮށްފައިވަނީ ރައީސް އޮފީހުން މި ޖަލްސާ ލައިވްކުރަމުންދަނިކޮށެވެ.
https://twitter/Shifan4040/status/1839023737720680739
ރައީސް އަށް މަރުގެ އިންޒާރު ދީފައިވަނީ ފޭސްބުކުގައި ބޭނުންކުރާ އަބްލޯ މޭއަދު ޔޫސުފް ނަމަކަަށް ކިޔާ މީހެއްގެ އެކައުންޓުންނެެވެ. މިއީ ސައްހަ ފޭސްބުކު އެކައުންޓެއް ކަމެއް ފުލުހުން ސާފްކޮށްދީފައެއް ނުވެއެވެ.

