ރައީސް މަރާލާނެ ކަމަަށް ބުނެ އިންޒާރިދިން މައްސަލައެއް ހުށަހެޅިފައިވާ ކަމަށާއި، އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށް ދިވެހި ފުލުހުން ބުނެފިއެވެ.
ފުލުހުންގެ ތަރުޖަމާނު އެސިސްޓެންޓް ކޮމިޝަނާރ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ އެކްގައި ކުރެއްވި ޕޯސްޓެއްގައި ވިދޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުގެ އިންޒާރު ދިން މައްސަލައެއް މޯލްޑިވްސް ޕޮލިސް ސާވިސް އަށް ހުށަހެޅިފައިވާ ކަމަަށެވެ. އެ މައްސަލަ މިހާރު ބަލަން ފަށާފައިވާ ކަމަށެވެ.
” އަބްލޯ މޭއަދު ޔޫސުފް ނަމުގައި ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ މީހަކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް މަރުގެ އިންޒާރު ދިން މައްސަލައެއް ސިރިއަސް މައްސަލައެއްގެ ގޮތުގަ ފުލުހުން ގެންދަނީ ތަހުގީގް ކުރަމުން” ފުލުހުން
ފުލުހުން މިފަދަ މައްސަލައެއް ބަލަން ފަށާފައިވާއިރު ރައީސް މުއިއްޒަށް މީހަކު މަރުގެ އިންޒާރު ދީފައިވަނީ ރައީސް މިހާރު ކުރައްވަމުން ގެންދަވާ އދ.ގެ އާންމު މަޖިލީހުގެ ސެޝަންތައް ލައިވް ކުރަމުންދަނިކޮށް ކުރެއްވި ޕޯސްޓެއްގައެވެ. އަދި އެ މީހާ މި ކޮމެންޓް ކޮށްފައިވަނީ ރައީސް އޮފީހުން އެ ޖަލްސާ ލައިވްކުރަމުންދަނިކޮށެވެ.

