ޕަބްލިކް ޑެޓް މެނޭޖްމަންޓް ނެޓްވޯކުގެ ތިންވަނަ ޕަބްލިކް ޑެޓް މެނޭޖްމަންޓް ކޮންފަރެންސްގައި ބައިވެރިވުމަށް ނިންމާފައިވާ ކަމުގައި މާލީ ވުޒާރާއިން މިއަދު ބުނެފިއެވެ.
ތިންވަނަ ޕަބްލިކް ޑެޓް މެނޭޖްމަންޓް ކޮންފަރެންސްގައި އަންނަ އޮކްޓޫބަރު މަހުގެ 3 އިން 4 އަށް އެމެރިކާގެ ވޮޝިންޓަން ޑީސީ ގައެވެ.
މި ކޮންފަރެންސްގައި އެ ވުޒާރާގެ ފަރާތުން 4 ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މާލީ ވުޒާރާއިން ވަނީ ބުނެފައެވެ.
އެ ބޭފުޅުންނަކީ އެ ވުޒާރާގެ ނައިބު މުޙައްމަދު އަނަސް، އެސިސްޓަންޓް ރިސޯސް މޮބިލައިޒޭޝަން އެގްޒެކެޓިވް ނަޝްވާ މުޙައްމަދު ޝަރީފް، ޑެޓް މެނޭޖްމަންޓް އެނަލިސްޓް ޢާއިޝަތު އަމީރާ ޢަޒީޒް އަދި އެޑްމިނިސްޓްރޭޓިވް އޮފިސަރ އަލްފާޟިލް އިބްރާޙީމް މާޒިން މާޙިރެވެ.

