މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ނެރުނު ހުދު ސަމާލުގެ ވަގުތު އިތުރުކޮށްފިއެވެ.
މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސް (މެޓް) އިން ބުނީ ހއ.އަތޮޅުން ފެށިގެން ގއ.އަތޮޅަށް ހުދު ސަމާލު ނެރެފައިވާ ކަމަށާއި ސަމާލު ނެރެފައިވަނީ ހަވީރު 18:00 އާ ހަމައަށް ކަމަށެވެ.
އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް މެޓް ޮއޮފީހުން ވަނީ ލަފާކޮށްފައެވެ.
މީގެއިތުރުން އެ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު، ކަނޑުތައް ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.
މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުން މާދަމާ މެންދުރުފަހުން ފެށިގެން ވިއްސާރަ އަލިވާނެއެވެ. އަދި އަންނަ ހަފުތާގައި މޫސުން ރަނގަޅުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

