މާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓް ކެނޑޭނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން މިއަދު ބުނީ މާދަމާ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން ހަނދުވަރީ ހިނގުން، އަމީނީ މަގު، ބުރުޒު މަގު، ޢިއްޒުއްދީން މަގު އަދި ދިލްބަހާރު ހިނގުން ހިމެނޭ ސަރަހައްދުން މާދަމާ ހެނދުނު 09:30 އާއި 10:15 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ބުންޏެވެ.
މީގެއިތުރުން ކަނބާއައިސާރަނި ހިނގުން، ބްލޫކިޔާ މަގު، ޝަހީދު ޢަލީ ހިނގުން، މުރަނގަ މަގު އަދި ބުރުޒު މަގު ހިމެނޭ ސަރަހައްދުން މާދަމާ މެންދުރުފަހު 14:00 އާއި 15:00 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ސްޓެލްކޯއިން ވަނީ ދިމާވެދާނެ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން މައާފަށް އެދިފައެވެ.

