މެދުރާއްޖެތެރެއަށް މިއަދު ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން ބުނެފިއެވެ.
ހަވީރު 18:00 އާ ހަމައަށް މޫސުން ލަފާކުރާ ގޮތް ހާމަކޮށް، މެޓް އޮފީހުން ބުނީ މެދުރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާއިރު، ދެކުނާއި އުތުރުގެ ބައެއް ރަށްތަކަށް ކެެރީގެ އަަސަރުކޮށް ގުގުރުން އެކަށީގެންވާ ކަމަށެވެ.
ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
އެ އިދާރާއިން ލަފާކުރާ ގޮތުން ކަނޑުތައް ވެސް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެއެވެ.

