ކޮންމެ އިންސާނަކީ، އެމީހަކު މި ދުނިޔޭގައި ކުޅަ ކޮންމެ ޢަމަލަކާ މެދު، ބުނި ކޮންމެ ބަހަކާ މެދު، މާތް اللهގެ ޙަޟްރަތުގައި ޖަވާބުދާރީވާން ޖެހޭނެ މީހެއް ކަމަށް މިއަދުގެ ހުކުރު ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ޚުތުބާ އަލިއަޅުވާލީ ޒިއްމާދާރުވުމާއި މަސްއޫލިއްޔަތު އުފުލުމުގެ މައްޗަށެވެ. އެގޮތުން އިސްލާމީ މުޖްތަމަޢުގެ ކޮންމެ ފަރުދަކީ މަސްއޫލިއްޔަތެއް އޮތް މީހެއް ކަމަށާއި، އޭނާގެ މައްޗަށް ވާޖިބުތަކެއް ހުރި މީހެކެވެ. އެގޮތުން ހަމަ އެ ފަދައިން ކޮންމެ މީހަކީ ތިމާ ދިރިއުޅެމުންދާ މުޖުތަމަޢުގައި، އޭނާ ހިމެނޭ ހައިސިއްޔަތަކުން އެހެން މީހުންގެ ކުރިމަތީގައި ޖަވާބުދާރީވާން ޖެހޭނޭ މީހެއް ކަމެއް ކަމަށެވެ.
މިގޮތުން މައިންބަފައިން، މުދައްރިސުން، އެކިއެކި އޮފީސްތަކުގެ ވެރީންނާއި މުވައްޒަފުން އެމީހުންނާ ޙަވާލުވެފައިވާ މަސްއޫލިއްޔަތާ މެދު ދުނިޔެއާއި އާޚިރަތުގައި ވެސް ޖަވާބުދާރީވާން ޖެހޭނެ ކަމަށް ޚުތުބާގައި ބުނެފައި ވެއެވެ.
“ޒިއްމާދާރުވުމާއި، މަސްއޫލިއްޔަތު އަދާކުރުމުގައި ޤައުމުގެ އިސް ވެރީންނާއި، ޤާނޫނު ހަދާ މުއައްސަސާތަކާއި، ޢަދުލުއިންޞާފު ޤާއިމުކުރާ މުއައްސަސާތަކާއި، ޤާނޫނު ނަގަހައްޓާ މުއައްސަސާތަކާއި، ޤައުމުގެ ސިޔާދަތާއި އަމްނު އަމާންކަން ބަލަހައްޓާ މުއައްސަސާތަކާއި، އިޤްތިޞާދާއި ބައިތުލްމާލު ބަލަހައްޓާ މުއައްސަސާތަކުގެ ޒިންމާއާއި މަސްއޫލިއްޔަތު ވަކީން ބޮޑު. މީގެ އިތުރަށް ވިޔަފާރިވެރީންނަކީ ވެސް އެ މީހުން ޚިދުމަތް ފޯރުކޮށްދޭ ރައްޔިތުންގެ މައްޗަށް މަސްއޫލިއްޔަތު އުފުލައި ޒިންމާ އަދާކުރާން ޖެހޭނެ ބަޔެއް” ޚުތުބާ
މީގެ އިތުރުން ފާހަގަކުރެއްވީ ބައެއް މީހުންނަކީ އަދާކުރާ މަސްއޫލިއްޔަތުގެ ބާވަތުން އިޚްލާޞްތެރިކަމާއެކު އެ މަސްއޫލިއްޔަތު އަދާކުރުމަށް މާތް ﷲ ގަންދީ ހުވައިކޮށްގެން ތިބޭ ބަޔެއް ކަމަށާއި، އެ ފަދަ ފަރާތްތަކުން ވެފައިވާ ޢަހުދާއި ހުވަޔަށް ޙުރުމަތްތެރިކޮށްހިތާންވާނެ ކަމަށެވެ.
އެހެންކަމުން ކޮންމެ މީހަކާ ޙަވާލުވެފައިވާ މަސްއޫލިއްތު އަދާކުރީ ކިހިނެއްތޯ ޤިޔާމަތް ދުވަހުން ސުވާލުކުރެވޭނެ ކަމަށްވެސް ބުނެފައި ވެއެވެ.

