ހުއްދަ ނޫން ތަނަކަށް ވަދެ، ތޫނު އެއްޗަކުން ބިރުދައްކައި، މީހެއްގެ އަތުން ފޭރެން އުޅުނު މައްސަލައެއްގައި އަންހެނަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ހ.ޗިލްކާލޭކް، ފާޠިމަތު އިޝާމާ (41 އ) އެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ 7 ދުވަހަށް އޭނާ ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ތުހުމަތުތަކަށް އިންކާރުކޮށް، ތޫނު އެއްޗެއް ގެންގުޅުނު ކަމަށް އޭނާ އިންކާރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ތައްޔާރުކޮށްފައިވާ ހާދިސާ ރިޕޯޓުގައި ހުރި ވާހަކަތަކާއި މަޖިލީހުގައި ދެ ފަރާތުން ދެއްކި ވާހަކަތަކަށް ބަލާއިރު، ކޮންމެވެސް މިންވަރެއްގެ ހެކި ހުރި ކަމަށް ބެލެވޭ ކަމަށާއި، އަމަލު ހިންގާފައިވާ ގޮތާއި، އަނިޔާވެރިކަން ހިމެނޭފަދަ ގޮތަކަށް އަމަލު ހިންގާފައިވާތީ އެކަމަށް ރިއާޔަތްކޮށްފައިވާނެ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
އޭނާއަކީ ހައްޔަރާއި، ބަންދުގެ ލޮގް ގިނަ މީހެއްކަމަށް އަމުރުގައި ފާހަގަކޮށްފައިވެއެވެ.

