ފޭކް ސްލިޕް ބޭނުންކޮށްގެން ފިހާރައަކުން ވިޔަފާރިކުރި މައްސަލައެއްގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
މަކަރާއި ހީލަތުގެ ތުހުމަތުގައި މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ގއ.ކޮނޑޭއަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ ފިރިހެނެކެވެ.
15 ދުވަހަށް އޭނާ ބަންދުކުރަން އަމުރުކޮށް، ކްރިމިނަލް ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނެފައިވަނީ ތުހުމަތުތަކަށް އޭނާ އިންކާރުކޮށްފައިވާ ކަމަށެވެ.
އޭނާ ބުނެފައިވަނީ ފިހާރައަށް ދިޔައީި އެކަނި ނޫން ކަމަށާއި ސްލިޕް ފޮނުވީ ވެސް އޭނާ ނޫން ކަމަށެވެ. ނަމަވެސް ސީންއަށް ދިޔަ ފުލުހުންނަށް އޭނާގެ ފޯނުން ފޭކް ސްލިޕް ފެނުނު ކަމަށް އައިއޯ ވަނީ ފާހަގަކުރައްވައިފައެވެ.
ފުލުހުން ހުށަހަޅާފައިވާ ތަހުގީގު ބަޔާނާއި، ހާދިސާ ރިޕޯޓުގައި ހުރި ވާހަކަތަކާއި، މަޖިލީހުގައި ދެ ފަރާތުން ދެއްކި ވާހަކަތަކަށް ބަލާއިރު ތުހުމަތުކުރެވޭ މިންވަރުގެ ހެކި ހުރިކަމަށް ބެލެވޭ ކަމަށް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
އޭނާއަކީ ހައްޔަރު/ބަންދު ލޮގް ގިނަ މީހެއްކަން ވެސް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.

