މަގު ކޮނުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުގެ މުވައްޒަފެއްގެ ހާޒިރުގައި ނޫނީ ނުކުރުވޭނެ ގޮތް ހެދުމަށް ނިންމާފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.
އެ ކުންފުނިން މިގޮތަށް އެދިފައިވަނީ ބައެއް ފަރާތްތަކުން މަގު ކޮނުމުގެ ތެރޭގައި ކޭބަލްތަކަށް ގެއްލުންވެ، ފެނަކައިގެ ޚިދުމަތްތަކަށް ބުރޫއަރާތީއެވެ.
ފެނަކަ ކޯޕަރޭޝަނުން ނެރުނު ބަޔާނުގައި ބުނީ އެކި މަސައްކަތްތަކަށް މަގުތަކާއި އާންމު ސަރަހައްދުތައް ކޮނުމުގެ ތެރޭގައި ބިމުގައި ވަޅުލާފައި ހުންނަ ކޭބަލްތަކަށް ގެއްލުންވާ ކަމަށާއި، ޒަރޫރީ ޚިދުމަތްތަކަށް ބުރޫއެރުން އިތުރުވެފައިވެ މައސަލަ ހައްލުވާން ގިނަ ދުވސްވާ ކަމަށެވެ.
“އެފަދަ ކަމެއް ހިނގާފައިވާކަން އެނގެނީ ޚިދުމަތް ހުއްޓި، ރައްޔިތުންގެ ޝަކުވާ ލިބެން ފެށުމުން. އަދި މައްސަލަ ދިމާވި ސީދާ ތަނެއް ނޭނގި ޚިދުމަތް ދިނުމުގައި ލަސްވޭ. ފެނަކަ
އާންމުކޮށް ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމަށް ރަށްތަކުގެ އެކި ހިސާބުތަކުގައި ކޭބަލްތައް ވަޅުލާފައި ހުންނައިރު އެ ކޭބަލްތައް ހުންނަނީ ރާއްޖޭގެ ގުދުރަތީ ހާލަތަށް ރިއާޔަތްކޮށް ބިމުގެ ތިލަ ހިސާބެއްގައި ކަމަށާއި، އެހެންވެ މަގު ކޮނުމުގެ ތެރޭގައި ނުވަތަ ތޮރުފުމުގެ ތެރޭގައި އެ ކޭބަލްތަކަށް ގެއްލުން ލިބުމުގެ ފުރުސަތު އޮންނަ ކަމަށާއި އެފަދަ ކަންކަން މަދުކުރުމަށް އުސޫލުތަކެއް ގާއިމުކޮށްފައިވާކަމަށެވެ.
މިފަދަ ހާދިސާތައް މަދުކުރުމަށް ސަރުކާރު ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުންވެސް މަގު ކޮނުމުގައި ނުވަތަ ތޮރުފުމުގެ މަސައްކަތް ކުރަންވާނީ އެ ރަށެއްގެ ފެނަކަ އޮފީހުގެ ޓެކްނިކަލް މުވައްޒަފެއްގެ ހާޒިރުގައިކަމަށާއި، ނުވަތަ އެރަށެއްގެ ރަށު ކައުންސިލް އިދާރާގެ މުވައްޒަފެއްގެ އެހީތެރި

