މާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ބުނީ މި މަސައްކަތަކީ މާލޭގެ މަގުތަކަކީ އަމާން ރައްކާތެރިތަނަކަށް ހަދައި މަގުތައް ތަރުތީބުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރަމުންދާކަމެއް ކަމެއް ކަމަށެވެ.
ވެހިކަލްތައް ގިނަވެ މާލެ ތޮއްޖެހިފައިވާ މައްސަލަ ބޮޑުވެ އެ މައްސަލައަށް ހައްލު ހޯދުުުމުގެ ގޮތުން މިހާރު ފުލުހުން ގެންދަނީ ދޭތެރެ ދޭތެރެއިން މަގުތަކުގައި ތިބޭ ވެހިކަލްތައް ނަގަމުންނެވެ.
އެންމެ ފަހުން ފުލުހުން ކުރި މަސައްކަތުންވެސް މާލެ ސަރަހައްދުން 200 އަށްވުރެ ގިނަ ވެހިކަލް ގަވާއިދާ ޙިލާފަށް ޕާކް ކޮށްފައި ވުމުން ވަނީ ފުލުުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައެވެ.

