ހެޑްލައިން: މާލެ އާއި ހުޅުމާލޭގައި ގޭންގްތައް ހަރަކާތްތެރިވާ ސަރަހައްދުތަކުގައި ސްޓެޓިކްކޮށް ފުލުހުން ތިބެގެން ބަލަހައްޓަމުން ގެންދާނެ: ކޮމިޝަނަރ
މާލެ އާއި ހުޅުމާލޭގައި ގޭންގްތައް ހަރަކާތްތެރިވާ ސަރަހައްދުތަކުގައި ސްޓެޓިކްކޮށް ފުލުހުން ތިބެގެން ބަލަހައްޓަމުން ގެންދާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.
މިހާރު މާލެ ސަރަހައްދުގައި ކުރަން ފަށާފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ދެއްވި އިންޓަވިއުއެއްގައި ޝުޖާއު ވިދާޅުވީ، ސްޓްރެޓީޖިކް ޕްލޭން 2024-2028 ގައި ކަނޑައެޅިފައިވާ ގޭންގް ކުށްތަށް ހުއްޓުވުމުގެ ލަނޑުދަނޑި ހާސިލް ކުރުމަށްވެސް ތަފާތު މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ.
“މިހާރު މިފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން މާލެ އާއި ހުޅުމާލޭގައި ގޭންގްތައް ހަރަކާތްތެރިވާ ސަރަހައްދުތަކުގައި ސްޓެޓިކްކޮށް ފުލުހުން ތިބެގެން ބަލަހައްޓަމުން ގެންދާނެ،” ޝުޖާއު ވިދާޅުވިއެވެ.
މީގެ އިތުރުން، ފުލުހުންގެ އޮނިގަނޑަށް މި ފަހުން ގެނެވުނު ބަދަލާއެކު ގޭންގް ކުށްތަކާ ދ ދެކޮޅަށް މަސައްކަތް ކުރުމަށް ވަކި ހާއްސަ ވިންގެއް ގާއިމް ކުރެވިފައިވާ ކަމަށްށްވެސް ޝުޖާއު ހާމަކުރެއްވިއެވެ.
ފާއިތުވި ދުވަސްތަކުގައި ގޭންގު ކުށްތައް ހުއްޓުވުމަށާއި މަސްތުވާތަކެއްޗާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ. މި އަހަރުގެ ފުރަތަމަ 8 މަސް ތެރޭގައި 113 އޮޕަރޭޝަނެއް ހިންގިއިރު، 158 ކިލޯގެ މަސްތުވާތތުވާތަކެތި އަތުލައިގަނެވި، 5252 ބަނގުރާ ފުޅި އަތުލައިގަނެވުނު ކަމަށް ވިދާޅުވިއެވެ. މި މުއްދަތުގައި ގޭންގް ކުށްތަކުްތަކުގައި 67 މީހަކު ހައްޔަރު ކުރެވުނު ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.
ކޮމިޝަނަރ ޝުޖާއު ވިދާޅުވީ މި މަސައްކަތްތަކުގެ އެންމެ ބޮޑު ބޭނުމަކީ، ހުއްޓުމެއްނެތި ރައްޔިތުން އެދޭފަދަ ހިދުމަތެއް ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުމާއި، ފުލުހުންގެ ޕްރެޒެންސް އިތުރުކޮށް ރައްޔިތުންނަށް ރައްކާތެރިކަމުގެ އިހުސާސްކޮށްދިނުން ކަމަށެވެ.
ސަރުކާރުގެ އެދުމަކީވެސް މުޅި ރާއްޖެއަކީ އަމާން ރައްކާތެރި ތަނެއްގެ ގޮތުގައި ބޭއްވުމަށް ފުލުހުންގެ ދައުރު ފުޅާކޮށް ކކުރާ މަސައްކަތްތައް ހަރުދަނާކުރުން ކަމަށް ޝުޖާއު ފާހަގަކުރެއްވިއެވެ. މިކަމަށްޓަކައި ސަރުކާރުން ފުލުހުންގެ ޚިދުމަތަށް ގިނަ ވަސީލަތްތަކެއް ފޯރުކޮށްދެއްވަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
“އަޅުގަނޑު ބޭނުންވަނީ މި ކުރާ މަސައްކަތުގެ ނަތީޖާ ދުވަސްކޮޅެއްގެ ތެރޭގައި އާންމު ރައްޔިތުންނާ ހަމައަށް ފޯރުން. އަމާންކަމާއި ރައްކާތެރިކަމުގެ އިހުސާސް ކުރެވުން. އަތޮޅު ތެރޭގަވެސް ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމުގެ މޮޑެލްއަށް ގެންދަނީ އަމަލުކުރަމުން. އަދި ރައްޔިތުންނާއި ކައުންސިލްތަކުގެ ފަރާތުން ޕޮޒިޓިވް ފީޑްބެކްވެސް ދަނީ ލިބެމުން،” ކޮމިޝަނަރ ޝުޖާއު ވިދާޅުވިއެވެ.
އިތުރަށް ޝުޖާއު ވިދާޅުވީ، ގޭންގް ކުށްތަކާ ދެކޮޅަށް މަސައްކަތް ކުރާ ބަހާއާއި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ބަހާގެ އިސް ފުލުހަކު ކޮމިއުނިކޭޝަން ސެންޓަރުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ. މިގޮތުން މާލެއާއި ހުޅުމާލޭގެ އާންމު ހާލަތު މި ބަހާތަކުން މޮނިޓަރ ކޮށް، ދިމާވާ އެކި ކަންކަމަށް ރިއާޔަތްކޮށް ނިންމަންޖެހޭ ނިންމުންތައް ވަގުތުން ވަގުތަށް ނިންމުމުގައި އަވަސްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި އައު އިންތިޒާމުގެ ދަށުން، ފުލުހުންގެ އިންސާނީ ވަސީލަތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފޭނެ ކަމަށާއި، ފުލުހުންގެ ޕްރެޒެންސް އިތުރުވެ، ރައްޔިތުންނަށް ރައްކާތެރިކަމުގެ އިހުސާސް އިތުރަށް ކޮށްދެވޭނެ ކަމަށް ކޮމިޝަނަރ ޝުޖާއު އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ، ފުލުހުންގެ ހުރިހާ ވަސީލަތެއް ބޭނުންކުރެވެނީ މި މަގުސަދު ހާސިލު ކުރުމަށް ކަމަށާއި، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި އަމާންކަމާއި ރައްކާތެރިކަން ޤާއިމުކުރުމަށް ފުލުހުން ގަދައަޅައި މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކޮމިޝަނަރ ޝުޖާއު އިތުރަށް ވިދާޅުވެފައިވަނީ، ރައްޔިތުންގެ ފަރާތުން ލިބޭ ބިނާކުރަނިވި ޚިޔާލުތަކަކީ ފުލުހުން ބަލައިގަންނާނެ އެއްޗެއް ކަމަށެވެ. އަދި އާންމުންނާއި ފުލުހުން ބައްދަލުވެ ހިނގާ މުއާމަލާތްތައް މޮނިޓަރ ކޮށް ބަލަމުންދާ ކަމަށާއި، ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
“މި މަސައްކަތަށް ރައްޔިތުންގެ ފަރާތުން ލިބޭ ބިނާކުރަނިވި ހިޔާލަކީ އަޅުގަނޑުމެން ބަލައިގަންނާނެ އެއްޗެއް. އާންމުންނާ ފުލުހުން ބައްދަލުވެ ހިނގާ މުއާމަލާތްތައް މިގެންދަނީ މޮނިޓަރ ކޮށް ބަލަމުން. އަދި ރަނގަޅުކުރަންޖެހޭކަންކަން ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން. އިރުޝަދުތައް ދެމުން،” ޝުޖާއު ވިދާޅުވިއެވެ.

