ބޮޑުތަކުރުފާނު މަގު މޭރި ބްރޯން އާއި ދިމާލުން ބުރުމަތީގައި ބައްވާފައި އޮތް ޗައިނާ ފަތުރުވެރިއެއްގެ ދަބަސް ވަގަށް ނެގި މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ އެ ފަތުރުވެރިއާއަށް ހަނދާން ނެތިގެން އެ ބުރު މަތީ ދަބަސް ބޭއްވިފައިވާތީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ސެޕްޓަމްބަރުމަހު 28 ވަނަ ދުވަހު ކަމަށާއި، ވަގުތުން މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ.
އެ މައްސަލައާއި، ގުޅިގެން ދަބަސްހޯދުމަށް ގަލޮޅު ޕޮލިސް ސްޓޭޝަނުން ކުރި މަސައްކަތުން އެ ދަބަސްވަނީ ހޯދާފައި ކަމަށާއި، ދަބަހުގެ ހުރި ބައެއް ތަކެތި ހޯދާލެވުނީ ވިއްކާފައިވަނިކޮށް ކަމަށެވެ. ދަނބަހުގެ ތެރޭގައި ހުރި ތަކެތީގެ ތެރޭގައި ލެޕްޓޮޕްކާއި، ހާޑް ޑްރައިވްއަކާއި، ޕަވާ ބޭންކްއަކާއި، ޕާސްޕޯޓެއްގެ އިތުރުން ޕާސްޕޯޓްއާއި، އަންނައުނުވެސް ހިމެނޭ ކަމަށެވެެ.
މި މައްސައާއި، ގުޅިގެން ހައްޔަރު ކޮށްފައިވަނީ ގދ. ތިނަދޫ ރަންފަރު ޒަބީހު މުހައްމަދު 41 ކަމަށެވެ.
އަދި މި މީހާ މި ހާރުވަނީ ހައްޔަރު ކޮށްފައި ކަމަށާއި، މި މައްސަލަ ގެންދަނީ ފުލުހުން ބެލުމުގެ ދަށުން ކަމަށެވެ

