ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފާމަސީ ދާއިރާގެ ދަރިވަރުން، އެ ދާއިރާއާއި ގުޅޭގޮތުން މަޢުލުމާތު ދިނުމުގެ ސެޝަނެއް ބާއްވާފިއެވެ.
މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ ބައިނަލްއަޤްވާމީ ފާމަސިސްޓުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ. އެގޮތުންނެވެ. މި އަހަރުގެ ފާމަސިސްޓުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެމްއެންޔޫގެ ފާމަސީ ދަރިވަރުން ވަނީ މަޢުލުމާތު ދިނުމުގެ ސެޝަނެއް ބާއްވާފައެވެ. އެ ސެޝަންގައި، ފާމަސީ ދާއިރާއިން މަތީ ތަޢުލީމު ހާޞިލުކުރަމުންދާ ދަރިވަރުން އެ ދާއިރާއާއި ގުޅޭ އެތަށް މުޙިއްމު މަޢުލުމާތުތަކެއް ޙިއްސާކޮށްފައި ވެއެވެ.
އެގޮތުން، މަތީ ތައުލީމާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން ބުނީ އައު ބޭސްތަށް ބޭނުންކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާއި، ތަފާތު ބޭސްތަށް ބޭނުންކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމުގެ އިތުރުން ސިއްޙި ދާއިރާއާއި ގުޅޭ އިތުރު މަޢުލިމާތު މި ސެޝަންގައި ޙިއްސާކުރައްވާފައި ކަމަށެވެ.
އެ ސެޝަންގައި، އެކި އެމުރުފުރާގެ މީހުން ވަނީ ބައިވެރިވެފައެވެ. އެކި ދާއިރާތަކާއި ގުޅޭ މަޢުލުމާތު ޙިއްސާކޮށް، ގިނަ އަދަދެއްގެ ބަޔަކު އެކި ދާއިރާތަކަށް ހޭލުންތެރިކުރުވުމަށް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ އިން އަންނަނީ އެފަދަ އެތަށް ސެޝަންތަކާއި ސެމިނާތަށް ބާއްވަމުން ކަމަށެވެ.

