ދ. ކުޑަހުވަދޫ ކައިރިން ރޯވި ހަމްދު ދޯނީގައި ތިބި އެންމެން ސަލާމަތް ކުރެވުނު ނަމަވެސް ދޯނި އަޑިއަށް ގޮސްފިއެވެ؛
މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 7:20 ހާއިރުއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ދޯނި ދަތުރުކުރަމުން ދިޔައީ ކަނޑިންމަ ރިސޯޓަށް ފެން ހިފައިގެންނެވެ. ދަތުރުމަތީގައި ދޯނީގެ އިންޖީނު ރޫމްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާކަމުގެ މަޢުލޫމާތު އެމްއެންޑީއެފްއަށް ލިބުމާ ގުޅިގެން، އެ ތަނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފްއާއި ފުލުހުން ވަނީ އަވަސްވެގަނެފައެވެ.
ހާދިސާ ހިނގިއިރު ދޯނީގައި ތިބި ހަތަރު މީހުން ވެސް ވަނީ ސަލާމަތްކުރެވިފައެވެ. އެމްއެންޑީއެފްއިން ބުނާ ގޮތުގައި، ސަލާމަތް ކުރެވުނު އެންމެންގެ ހާލުވެސް ރަނގަޅެވެ.

