ފޮތް ކިއުމަކީ ކޮބާކަން އެނެގޭ ހެއްޔެވެ. ފޮތް ކިޔުމުގެ މުހިންމުކަން އެނގޭނަމަ އެކަން ނުކޮށް ދޫކޮށެއް ނުލާނެއެވެ.
އެންމެ ފަހުން ފޮތެއް ކިޔުނީ ކޮން އިރަކު ހެއްޔެވެ؟ ފޮތް ކިޔުމަކީ ވަރަށް މުހިންމު ކަމެކެވެ. ޝައުގުވެރިކަމާއެކު ފޮތްތައް ކިޔަވާނަމަ، ހީވާ ގޮތުން ވަރަށް ރަނގަޅު މައުލޫމާތެއް ލިބޭނެއެވެ. ނަތީޖާއެއްގެ ގޮތުން ޢިލްމުވެރިޔަކަށް ވެދެއެވެ.
ފޮތް ކިޔުމަކީ ދުނިޔޭގެ ގިނަ ބަޔަކު މުޅިން ވެސް އިހުމާލުވާ ކަމެކެވެ. ގިނަ މީހުން އަސްލު ފޮތް ނުކިޔަނީ ކިޔެވުމުގެ އަސްލު ނޭނގޭތީ އެވެ. ހިތާމައަކީ ރަސްމީ ތައުލީމަކީ ވަރަށް މަދު ތައުލީމެއް ކަމުން ފޮތްތަކަކުން ހަނގީގީ މައުލޫމާތު ލިބުމާއި، ދިރިއުޅުމަށް އަސަރު ކުރާނެކަމެވެ.
މި ދެންނެވި ޒަމާނީ ދުނިޔޭގައި ވަޒީފާއަށް ދިއުމާއި، އިންޓަނެޓް ބްރައުޒް ކުރުމާއި، ފައިސާ ހޯދުމާއި، ސޯޝަލް މީޑިއާ ފަދަ ކަންކަމަކީ ގިނަ ބައެއްގެ ވަގުތު ހޭދަވާ ކަމެކެވެ. ފޮތް ކިޔުމަކީ އެމީހުންގެ ޝެޑިއުލްގައި ހިމެނޭ ކަމެއް ނޫނެވެ.

ގިނަ ބަޔަކަށް ނޭނގޭ އެންމެ ބޮޑު ގޮންޖެހުމަކީ ސިކުނޑި ތޫނުފިލުކުރުމަކީ ފޮތް ކިއުމާއި ގުޅުން ހުރި ކަމެއް ކަމެވެ.
ފޮތް ކިއުމުގެ މުހިންމު ބައެއް ސަބަބުތައް:
- ފޮތްތަކަކީ ހީކުރާ ކޮންމެ މައުޟޫއަކާ ބެހޭ ގޮތުން ޢިލްމުގެ ވަރަށް ބޮޑު ރިޒާވަރެކެވެ. ތާރީޚާއި ސައިންސާއި ފަލްސަފާއާއި، ނުވަތަ އާ ހޮބީތަކާއި ޝައުގުވެރިކަމެވެ.
2- ގަވާއިދުން ފޮތް ކިޔެވުމުން، މުވާސަލާތީ ހުނަރާއި ވިސްނުން ރަނގަޅުވެ، ގިނަ އަދަދެއްގެ ބަސްކޮށާރުތަކަށް އަހުލުވެރިވެއެވެ.
- ދިރާސާތަކުން ދައްކާ ގޮތުގައި ކިޔެވުމަކީ ސިކުނޑި ހަރަކާތްތެރިވެ، އެންގޭޖްކޮށް، މެމޮރީ އާއި ކޮގްނިޓިވް ފަންކްޝަން ތޫނުކުރުމަށް އެހީތެރިވެދޭ ކަމެކެވެ.
4- ރަނގަޅު ފޮތް ކިއުމުން ނަފްސާނީ ގޮތުން ސަލާމަތްވެ، ކޮންމެ ދުވަހެއްގެ ކަންބޮޑުވުންތަކުން ވަގުތީ ލުޔެއް ލިބި، ހިތްހަމަޖެހުމުގެ ފުރުސަތަކަށް ވެދެއެވެ.
- މިއަދުގެ ހަލުވި ދުވެލީގައި ޑިސްޓްރެކްޝަންތަކުން ފުރިފައިވާ ދުނިޔޭގައި ކިޔެވުމުގެ ސަބަބުން ދިގު މުއްދަތަކަށް ފޯކަސްކޮށް ކޮންސެންޓްރޭޓް ކުރުމުގެ ގާބިލްކަން އިތުރުކޮށްދެ އެވެ.
މިހެންކަންއޮތް އިރު، ޖާހިލު މީހުންނަކީ ވިހަ އަށްވުރެ ނުރައްކާތެރި ބައެއްކަން ދަންނަން ޖެހެއެވެ. ކޮންމެ ގޮތަކުންވެސް ޖާހިލު މީހުންނާ ދުރުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަންވާނެއެވެ. ފޮތް ކިޔުމުގެ ސަަބަބުން ޖާހިލުކަމުން ދުރުވެއެވެ. ޙަޤީޤީ ޖާހިލުންނަކީ އެއްވެސް ޙަޤީޤަތެއް ނޭނގޭ ބައެކެވެ. މީގެ ތެރޭގައި ފަންނީ ޖާހިލުން ވެސް ތިބެއެވެ. އެއީ އެ ކަމެއް ކުރުމަށް ޢިލްމެއް ނެތް މީހުންނެވެ.
މައިގަނޑު ގޮތެއްގައި ހަގީގީ ޖާހިލުކަމަކީ ދިރިއުޅުމުގެ އެންމެ މުހިންމު ކަންކަން ކުރުމަށް ނުވަތަ ޕްރެކްޓިސް ކުރުމަށް ނުކުޅެދުންތެރިކަން އިޚްތިޔާރުކުރާ މީހުންނެވެ.
އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް މަސައްކަތް ކުރަންވާނީ ލޯތްބާއި ވިސްނުމާއި ވިސްނުން ދެނެގަންނާނެ ގޮތް ތައް އެނގުމަށެވެ. އެހެނީ ހަމަނުޖެހުމުގެ އަސްލަކީ ޖާހިލުކަމެވެ. ވިސްނުމުގެ ސަބަބުތަކުގެ ތެރެއިން ހުރިހާ އިންސާނުން ބަދަލުވެއެވެ. އެހެންކަމުން ފޮތް ކިއުމާއި މައުލޫމާތު މުއްސަދި ކުރުމަކީ ކޮންމެ މީހަކުވެސް ކުރުން ވަަރަށް ރަނގަޅު ކަމެކެވެ.
ނޯޓް: ( ފަތިސް ތަރި:) މިއީ ކޮންމެ ދުވަހެއްގެ ފަތިހު ހުވަދޫއިން ގެނެސްދޭ ހާއްސަ އާޓިކަލް އެކެވެ. މުހިންމު މައުލޫމާތެވެ. މިއަދުގެ މި އާޓިކަލް ހާއްސަ ކޮށްލަނީ ފޮތް ކިޔުމަކީ ދިރިއުޅުމުގެ ބައެއް ކަމުގައި ހަދަމާ މި ސުރުހީ އަށެވެ.
ދިރިއުޅުން ބަދަލުކުރެވޭނެ އާ ބާބެއްގެ ފެށުން ކޮންމެ ދުވަހެއްގެ ފަތިހު ހުވަދޫއިން ކިޔާލަމާ ހިނގާށެވެ.
…………………………

