ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނަވައިފިއެވެ.
މި ބަދަލު ގެންނެވީ މިއަދު މެންދުރުފަހު މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަގާމަށް ޑޮކްޓަރ ޢަބްދުﷲ ޚަލީލް، މިނިސްޓަރ އޮފް ފިނޭންސްގެ މަގާމަށް މޫސާ ޒަމީރު އަދި މިނިސްޓަރ އޮފް ހެލްތްގެ މަގާމަށް ޢަބްދުﷲ ނާޒިމް އިބްރާހީމް ވަނީ އައްޔަންކުރައްވާފައެވެ.
ފޮރިން މިނިސްޓަރަކަށް އައްޔަން ކުރެއްވި ޑރ.ޚަލީލް މީގެކުރިން ހުންނެވީ ހެލްތު މިނިސްޓަރުގެ މަގާމުގައެވެ. އަދި ފިނޭންސް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވީ މޫސާ ޒަމީރު މިހާތަނަށް ހުންނެވީ ފޮރިން މިނިސްޓަރުކަމުގައެވެ.
ހެލްތު މިނިސްޓަރަކަށް އައްޔަން ކުރެއްވި ނާޒިމް މިހާތަނަށް ހުންނެވީ ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމުގައެވެ. ނާޒިމަކީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ދައުރުގައި ވެސް ހެލްތު މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.

