ބޭންކް އޮފް މޯލްޑޯލްޑިވްސް (ބީއެމްއެލް)ގެ އެކައުންޓްތަކުން ފައިސާ ނެގި މުވައްޒަފަށް ފިޔަވަޅު އަޅައި، ކަސްޓަމަރުންނަށް ބަދަލު ދީފައިވާ ކަމަށް އެ ބޭންކުން މިއަދު ވިދާޅުވެއްޖެއެވެ.
2021 ވަނަ އަހަރު ބީއެމްއެލްއިން ފުލުހުންނަށް ތަޙުޤީޤުކޮށްދިނުމަށް އެދި ހުށަހެޅި، ބޭންކުގެ މުވައްޒަފަކު ކަސްޓަމަރުންގެ އެކައުންޓުން ފައިސާ ނަގައި ޚިޔާނާތްތެރިވި މައްސަލައިގެ ތަޙުޤީޤު މަރުޙަލާ ނިމި، ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އޭނާގެ މައްޗަށް ޙުކުމް ކޮށްފައެވެ.
މި މައްސަލައިގައި ޙުކުމް ކުރެވުނު މުވައްޒަފު ވަނީ 2012 އިން 2021 ގެ ނިޔަލަށް އެ ބޭންކުގައި މަސައްކަތް ކުރިއިރު، ބޭންކުގެ 13 ކަސްޓަމަރެއްގެ އެކައުންޓުން ޖުމްލަ 482،611 ރުފިޔާ ނަގައި، އަމިއްލައަށް ބޭނުންކޮށްފައެވެ.
ބީއެމްއެލްއިން މިއަދު ވިދާޅުވީ، މި މައްސަލަ ބޭންކަށް ފާހަގަވުމާއެކު ވަގުތުން މައްސަލައިގައި ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު އެ މުވައްޒަފު ވަޒީފާއިން ވަކިކުރެވުނު ކަމަށެވެ. އަދި މި މައްސަލައިގައި ކަސްޓަމަރުންގެ އަތުން ގެއްލުނު ފައިސާ ބޭންކުން ވާނީ ކަސްޓަމަރުންގެ އެކައުންޓަށް ޖަމާކޮށްދީފައި ކަމަށްވެސް އެ ބޭންކުން ވިދާޅުވެފައިވެއެވެ.
"ބޭންކުގައި ހިނގާފާނެ ހިރާސްތަކަށް ބަލައި، އެ ހިރާސްތަކުގެ ސަބަބުން ބޭންކަށް ލިބިދާނެ ގެއްލުންތަކުން އަރައިގަތުމަށް ބޭންކުގެ އެތެރޭގައި މުވައްޒަފުން ޢަމަލުކުރާނެ ހަރުދަނާ އުސޫލުތަކާއި ގަވާއިދުާއިދުތަކާއި އިންޓަރނަލް ކޮންޓްރޯލްތައް ބޭން ބޭންކުގައި ޤާއިމްކޮށްފައިވޭ،" ބޭންކުން ބުނެފައިވެއެވެ.
މި މައްސަލައިގައި ހިމެނޭ މުވައްޒަފު ވަނީ ކޯޓުގައި ކުށަށް އިޢުތިރާފްވެފައެވެ. އަދި މިކަމުގައި އަނިޔާ ލިބުނު ކަސްޓަމަރުންނަށް ބެންކުން ވަނީ ބަދަލުދީފަައެވެ. މިއީ ބެންކް އޮފް މޯލްޑިވްސްއާމެދި އާންމުންގެ ހިތުގައިޔަގީންކަން ބޮޑުވެ އިތުބާރު ބޮޑުވެގެންދާނެ ކަމެކެވެ.

