މިއަދު ހަވީރު މާލެ ކައިރިން އުސްފަސްގަނޑާ ދިމާ ކަނޑުމަތިން މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ. މި ހާދިސާއާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފައެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، އުސްފަސްގަނޑާ ދިމާ ބޭރު ކަނޑުމަތީގައި މަރުވެފައި އޮތް މީހަކު ފެނުނު ކަމުގެ ރިޕޯޓެއް ލިބުމާ ގުޅިގެން ފުލުހުން މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންދާ ކަމަށެވެ.
މި ވަގުތާ ހަމައަށް މަރުވެފައި އޮތް މީހާގެ ކާކުކަން އަދި ވަނީ ހާމަކޮށްފައި ނުވެއެވެ. އަދި މަރުގެ ސަބަބާއި، މަރުވި ވަގުތުގެ މައުލޫމާތު ވެސް އަދި ވަނީ ހާމަކޮށްފައި ނުވެއެވެ.
ފުލުހުން މިހާރު ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

