އުސްފަންގަނޑާ ދިމާ ކަނޑުމަތިން މަރުވެފައި އޮއްވާ ފެނިފައި ވަނީ ދިވެހި ފިރިހެނެއް ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކޮށްފިއެވެ.
ފުލުހުން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މި ހާދިސާ ރިޕޯޓްކުރެވުނީ މިއަދު ހަވީރު 5:06 ހާއިރުއެވެ. މަރުވެފައި އޮއްވާ ފެނުނު މީހާއަކީ ހ. ވެލަސްފަރުގޭ އިބްރާހީމް ޖައުހަރީ (62 އަހަރު) ކަމަށް ފުލުހުން ބުނެފައިވެއެވެ.

މަރުވެފައި އޮއްވާ ފެނުނު ޖައުހަރީ…… ފޮޓޯ ؛އެފްބީ، ސޯޝަލްމީޑިއާ
ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި، އިބްރާހީމް ޖައުހަރީ ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންދެވިފައެވެ. ނަމަވެސް، ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް އޭނާ ވަނީ މަރުވެފައި ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް އަންގާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އުސްފަސްގަނޑު ބޭރު ކަަނޑުގެ ސަރަޙައްދުގައި މަރުވެފައި އޮއްވާ ފެނިފައިވަނީ އެމްޑީޕީގެ ކުރީގެ އެކްޓިވިސްޓް އަދި ނޫސްވެރިކަމުގައި ފޮޓޯ ނެގުމުގައި އުޅުނު އާންމު ނަމުންނަމަ ޖައުފަރެވެ. ޖައުފަރު ޖޯރޭއަކީ މަޝްހޫރު ޤާނޫނީ ވަކީލް އަލްއުސްތާޛާ މަރްޔަމް ޝުނާނާގެ ބައްޕާފުޅު ވެސްމެއެވެ.
މި މައްސަލައިގެ ތަޙްޤީޤު މިހާރު ކުރިއަށްދާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އަދި މި ހާދިސާއާ ގުޅޭ އިތުރު މަޢުލޫމާތު ލިބުމުން ހާމަކުރާނެ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

