ސަލްމާން މިސްކިތުގެ އޭސީ ސިސްޓަމް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ އެ މަސައްކަތް ފެށީ މިއަދު ކަމަށެވެ.

ސަލްމާން މިސްކިތުގެ އޭސީ ސިސްޓަމް މަރާމާތުކުރަނީ. ފޮޓޯ: ޑރ.ޝަހީމް/އެކްސް
ސަލްމާން މިސްކިތުގެ ބައެއް އޭސީތައް ހަލާކުވެ، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ސަރުކާރުގައި އާންމުންގެ ޝަކުވާ ވަރަށް ބޮޑުވިއެވެ. އެ މައްސަލައަށް އޭރު ހައްލެއް ގެނެސްދެވިފައެއް ނުވެއެވެ.
ނަމަވެސް ކޫލިން ސިސްޓަމް ފުރަތަމަ ބެހެއްޓިއިރު، އޭސީގެ މަސައްކަތްކުރި ތުރުކީ ވިލާތުގެ ކޮންސަލްޓެންޓުންނާ ބައްދަލުކޮށް، ސަލްމާން މިސްކިތުގެ އޭސީގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް، މިހާރުގެ އިސްލާމިކް މިނިސްޓްރީން މިދިޔަ ޑިސެމްބަރުގައި ފެށިއެވެ.
2018 ވަނަ އަހަރު ބިނާކުރަން ފެށި ކިންގް ސަލްމާން މިސްކިތަކީ 25 ޑޮލަރުގެ މަޝްރޫއުއެކެވެ. އޭގެތެރެއިން 14 މިލިއަން ޑޮލަރަކީ ސައޫދީގެ ހިލޭ އެހީކަމަށްވާއިރު، ބާކީ ބައި ޚަރަދުކުރީ ދިވެހި ސަރުކާރުންނެވެ.

