މާލޭގައި ޒަޚަމްތަކާއެކު އޮތް މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ ޒަޚަމްތަކާއެކު އޮތް މީހަކު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް މިއަދު ފަތިހުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް އެ މީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މީހާއަކީ މާލެ-ވިލިމާލެ ބުރިޖުގެ މަސައްކަތް ކުރާ އެފްކޮންސް ކުންފުނީގެ މުވައްޒަފެއްކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

