ފަހަކަށް އައިސް ރާއްޖޭގައި ތަތްމަކުނުގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާކަން ފާހަގަކުރެވކުރެވެއެވެ. ހާއްސަކޮށް މާލެ ސަރަހައްދުގެ ގެސްޓްހައުސްތަކުގައި ތަތްމަކުނު ގިނަކަމަށް އެތަންތަނުގައި ކުއްޔަށް އުޅޭ މީހުންގެ ބަސްތަކުން ދޭހަވެއެވެ.
ތަތްމަކުނު ގިނަވެގެން.ދިޔައީ ބިދޭސީން ހަމައެއް ލަމައެއް ނެތި ރާއްޖެއަށް އެތެރެވަމުން ދިއުމާއެކު ގެސްޓުހައުސްތައް ހިންގުމާ ހަވާލުވުން އިތުރުވި ދަނޑިވަޅުގައި ފެތުރިގެން ދިއުމުން ކަމަށް ބެލެވެއެވެ.
ތަތްމަކުނަކީ ވަރަށް ފަސޭހައިން އާލާވާ ބާވަތެއްގެ ސޫތްޕެކެވެ. އެނދު، އަލަމާރި، އުނދޯލި، ގޮނޑި، މޭޒު، އަންނައުނު ފަދަ އެތަކެއް އެއްޗެއްގައި ވަރަށް ފަސޭހަކަމާއެކު ދިރިއުޅެން ފަށައި، އާލާވެގަނެއެވެ.
އާއްމުކޮށް ދިހަމަހާއި އެއްއަހަރާ ދެމެދުގެގެ މުއްދަތަކަށް ދިރިއުޅޭއިރު ތަތްމަކުނު ކޮންމެ ފަހެއް ނުވަތަ ހަރުން އެއްފަހަރު ލޭގެ ކާނާ ހޯދުމަށް ނުކުމެއެވެ. މިމަކުނުތައް އެންމެ ފަސޭހައިން ގެއަށް އަންނަނީ ބޭރުން ގެއަށް ގެނެވޭ ފޮތީގެ ނޫނީ އަންނައުނު ނޫނީ ފަރުނީޗަރު ކަހަލަ އެއްޗެހި މެދުވެރިކޮށެވެ.

ތަތްމަކުނަކީ ވަރަށް ފަސޭހައިން އާލާވާ ބާވަތެއް…… ފޮޓޯ ؛ ފްލިކަރ
ތަތްމަކުނުގެ އާދަތަކަށް ބަލާއިރު، މި ސޫފާސޫފި ދުވާލުގެ އަލިކަމުގައި ވަރަށް މަދުން ފެންނަ ކަމާއި، ގިނައިން ނުކުމެ އުޅެނީ ރޭގަނޑުގެ އަނދިރީގައިކަން ފާހަގަކުރެވކުރެވެއެވެ. މީގެ ސަބަބުން ގިނަ ފަހަރަށް މީހުންނަށް މަކުނު އުޅޭކަން ނޭނގި ދެއެވެ. އަދި މީހުން ނިދާ ވަގުތުތަކުގައި މަކުނު ނުކުމެ ހަމަލާދޭކަންވެސް ފާހަގަކުރެވެއެވެ.
މާލޭގެ ގެސްޓްހައުސްތަކުގައި ތަތްމަކުނުގެ މައްސަލަ ވަރަށް ބޮޑުވެފައިވާކަން ފާހަގަކުރެވެއެވެ. މިކަން ހާމަވަނީ ހެންވޭރުގައި ހުންނަ ނަން މަޝްހޫރު ލޮޖެއްގެ ކުރިމަތިން ބައްދަލުވި އަލަތު ދެމަފިރިންގެ ތަޖުރިބާއިންނެވެ. އެމީހުން ބުނާ ގޮތުގައި، އެއް ގެސްޓްހައުސްއިން އަނެއް ގެސްޓްހައުސްއަށް ބަދަލުވާން ޖެހުނީ ތަތްމަކުނުގެ އުނދަގޫ ބޮޑުވެގެންނެވެ.
"ތަތްމަކުނަކީ ގެސްޓުހައުސް ތަކުގެ ލަޝްކަރީން. ހީވަނީ ވެލިމުށެއް ގޮދަޑީގެ ހަތަރުކަނަށް އަޅާފަ އޮތްހެން. ފުރަތަމަރޭ ނުނިދުނީމަވެސް ހިތަކަށް ނާރާ އެރޭ ނުނިދުނީ މަކުނު ހަފާވަރުންކަމެއް. ގައިމު މާލޭގެ ހަމަ އެންމެ އަގުބޮޑު އެއް ގެސްޓުހައުސް މީ." ހެންވޭރުގައި ހުންނަ ނަން މަޝްހޫރު ލޮޖެއްގެ ކުރިމަތިން ބައްދަލުވި، އެ އަލަތު ދެމަފިރިން ބުންޏެވެ.

ތަތްމަކުނަކީ ވަރަށް ފަސޭހައިން އާލާވާ ބާވަތެއް…. ނިދަން އުދަނގޫ ވާނެ….ގައިކެހުމާއި އެލާޖިކްވުން ދިމާވާނެ….. ފޮޓޯ ؛ ފްލިކަރ
މިނޫނަސް ހުދު އަމިއްލަ ތަޖުރިބާގެ އަލީގައިވެސް ގެސްޓުހައުސްތަކުގައި މަކުނު އާލާވެފައިވާ މިންވަރު ބޮޑު ކަމަށް ބުނެވޭ ވަރަށް މަކުނުގެ ތުރާލާ ވަނީ ކުރިމަތިވެފަ އެވެ.
ތަތްމަކުނު ނައްތާލުމަކީ ވަރަށް އުނދަގޫ ކަމެކެވެ. މަދިރި، މެހި، ކުރަފި ފަދަ ތަކެތި ޝެލްޓެކްސް ކަހަލަ އެއްޗެހިން ނައްތާލެވުނަސް ތަތްމަކުނަކީ ޝެލްޓެކްސް ފަދަ ސްޕްރޭއިންވެސް މަރުވާ އެއްޗެއް ނޫނެވެ. އަދި މިއީ އެހާ ފަސޭހައިން ފެންނަ އެއްޗަކަށް ނުވާތީ، ގިނަ ފަހަރު މަކުނު އެޅިޔަސް ނޭނގި، ގައިގައި ހަފަނީ މަދިރި ނޫނީ ހިނި ކަހަލަ އެއްޗެއް ކަމުގައި ހީކޮށްގެން ތިއްބައި ފިލުވަން ދަތިވާ ވަރަށް އާލާވެގެން ހިނގައިދެއެވެ.

ތަތްމަކުނަކީ ވަރަށް ފަސޭހައިން އާލާވާ ބާވަތެއް…. ނިދަން އުދަނގޫ ވާނެ….. ފޮޓޯ ؛ ފްލިކަރ
ކުރީގައި އަތޮޅުތެރޭގެ ރަށްރަށުގައި ތަތްމަކުނު އާލާވިޔަ ނުދިނުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަމުން ގެންދިޔައެވެ. މީގެ ތެރޭގައި ބޭސް ޖެހުމާއި، މަކުނު އަޅާފައިވާ އެއްޗެހި ނައްތާލުމާއި، އަދި ބައެއް ޙާލަތްތަކުގައި މީހުން ބަދަލުކޮށް ގެ މުޅިން އެކީ ސާފުކުރުން ހިމެނެއެވެ. ނަމަވެސް މިހާރު މާލޭގެ ގެސްޓްހައުސްތަކާއި ގެތަކުގައި މަކުނު އާންމުވެފައިވާ އެންމެ ބޮޑު ސަބަބަކީ ބޭރުން ރާއްޖެ އެތެރެވެފައިވާ ބިދޭސީންކަމަށް ބެލެވެއެވެ.
މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ސަރުކާރުންނާއި އަމިއްލަ ފަރާތްތަކުން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާކަން ފާހަގަކުރެވެއެވެ. މީގެ ތެރޭގައި:
- ބިދޭސީން ރާއްޖެ އެތެރެވާއިރު އެމީހުންގެ ތަކެތި ރަނގަޅަށް ބަލައި ފާސްކުރުން.
- ގެސްޓްހައުސްތަކާއި ކުލީ ގެތަކުގައި ގަވާއިދުން ސާފުތާހިރުކަން ބެލެހެއްޓުމަށް ބާރުއެޅުން.
- ތަތްމަކުނު ނައްތާލުމަށް ޚާއްޞަ ޕްރޮގްރާމްތަކެއް ހިންގުން.
- މި މައްސަލައާ ގުޅޭ ގޮތުން ރައްޔިތުން ހޭލުންތެރިކުރުވުން.
ތަތްމަކުނު ދެނެގަތުމާއި އޭގެ ނުރައްކަލުން ސަލާމަތްވުން:

ތަތްމަކުނު އަޅާފައި ހުރިތޯ ބެލުމަށް ބެޑްޝީޓް، ބާލީހުއުރަ ފަދަ ތަކެތީގެ ކަންކަން ބަލަން ޖެހެއެވެ
ތަތްމަކުނު އަޅާފައި ހުރިތޯ ބެލުމަށް ބެޑްޝީޓް، ބާލީހުއުރަ ފަދަ ތަކެތީގެ ކަންކަން ބަލަން ޖެހެއެވެ. އާންމު ގޮތެއްގައި މަކުނު ބިސް އަޅާނީ މިފަދަ ތަންތަނަށެވެ. ކަޅުކުލައިގެ ކުދިކުދި ތިކިތަކެއްހެން ފެންނަން ހުރިނަމަ އެތަނެއްގައި މަކުނު އުޅޭކަން ޔަގީންކުރެވިދާނެއެވެ.
މަކުނުން ސަލާމަތްވުމަށް އަޅަންޖެހޭ ފިޔަވަޅުތައް:
- އަންނައުނާއި އެނދުގެ މިލަފޭލި، ބާލިހުއުރަފަދަ ތަކެތި ހޫނުފެނުގައި 30 މިނިޓް ދޮވުން.
- ބޭނުން ކުރެވޭވަރަށްވުރެ ގިނައިން ކަޅުތިކި ހުރި އެއްޗެހި ބޭނުން ނުކުރުން.
- "މަކުނުބޭސް" ނަމުގައި ވިއްކާ ތެޔޮބޭސް ފެނުގައި ގިރުވާފައި ސްޕްރޭ ކުރުން.
- ކެކިކެކި ހުރި ހޫނުފެން، ވަކަރު، ލަކުޑި، އުނދޯލީގެ ރޯނުގަނޑު، ވަކަރުން ހުރި ތަންތަނަށާއި ތެޅިގަލުގެ ފާރުތަކުގެ ބުޑަށް، ގޮދަޑިތަކުގެ ހަތަރުކަނަށް ބޭސް އެޅުން.
- ގޭތެރޭގެ ޓެމްޕެރޭޗާ ހޫނު ކުރުން.
- ޑިޓޯލް ބޭނުންކޮށްގެން ހޫނުފެނުން ފެންވަރުން.
- ގައިގައި ފުންޏަކަށް ހުރި ބިހިތަކުގައި ކެލަމިން ލޯޝަން ކަހަލަ އެއްޗެއް އުނގުޅުން.
- ގައި ހިރުވައި ކަހާނަމަ ޑޮކްޓަރުގެ ލަފައެއް ހޯދައިގެން ބޭސްކުރުން.
މި ފިޔަވަޅުތައް އެޅުމަކީ ތަތްމަކުނުގެ ނުރައްކަލުން ސަލާމަތްވުމަށް ކޮންމެހެން ކުރަންޖެހޭ ކަންތައްތަކެވެ. ހާއްސަކޮށް ގެސްޓްހައުސްތަކާއި ކުލީ ގެތަކުގައި މި ފިޔަވަޅުތައް އެޅުމަކީ ވަރަށް މުހިންމު ކަމެކެވެ.
ތަތްމަކުނުގެ މައްސަލައަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުންނާއި ސަރުކާރުން ގުޅިގެން ހައްލު ހޯދަން ޖެހިފައިވާ މައްސަލައެކެވެ. މިކަމަށް އަވަސް ހައްލެއް ނުގެނެވިއްޖެނަމަ، ރާއްޖޭގެ ފަތުރުވެރިކަމަށާއި ރައްޔިތުންގެ ސިއްހަތަށް ނޭދެވޭ އަސަރުސަރުތަކެއް ކުރާނެކަން ކަށަވަރެވެ.

