ފުވައްމުލަކުގެ ފަތުރުވެރިކަމަށް 10 އަހަރު ފުރުން ފާހަގަކޮށް އެ ރަށުގައި ވަނީ "ފުވައްމުލައް ޓޫރިޒަމް އެވޯޑް" ނަމުގައި ހާއްސަ އެވޯޑެއް ދީފައެވެ.
ފުވައްމަމުލައް ސިޓީގައި ފަތުރުވެރިކަމަށް 10 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ "ފުވައްމުލައް ޓޫރިޒަމް އެވޯޑް" ދިނުމުގެ ރަސްމިއްޔާތު ބޭއްވީ ހުކުރު ދުވަހުއެވެ. އެ ރަސްމިއްޔާތުގައި ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
އެ ހަފްލާގައިވަނީ "ފުވައްމުލައް ޓޫޒިޒަމް އެވޯޑް 2024" ގެ ނަމުގައި ޚާއްސަ އެވޯޑުތަކެއް ދީފައެވެ. މިއީ އެސިޓީގެ ގެސްޓް ހައުސްގެ ވިޔަފާރިކުރާ ފަރާތްތަކާއި ފުވައްމުލަކުގައި ޑައިވް ސެންޓަރުތައް ހިންގާ ފަރާތްތަކާއި ފަތުރުވެރިކަމުގެ ދާއިރާއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކުގެ އަގުވަޒަންކޮށް ދިން އެވޯޑެއް ކަމަށް ވެސް އެ ރަށު ކައުންސިލުން ވަނީ ބުނެފައެވެ.
އެގޮތުން ހިތްވަރު ދިނުމުގެ އެވޯޑް ހާސިލް ކޮށްފައިވާ ފަރާތްތަކަކީ އަބްދުﷲ ޒަފަރު އަލީ ޒިންދާ ފުވައްމުލައް ސިޓީ ހަސަން ޝާހު ނޫރަލީގެ/ މުހައްމަދު ޝައްމޫން އަމީން އިލޮށިއަން ފުވައްމުލައް ސިޓީ އަދި އަހުމަދު ނަޝީދު/ ނިޔަދުރުމާގެއެވެ.

"ފުވައްމުލައް ޓޫރިޒަމް އެވޯޑް" ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން/ފޮޓޯ : ފުވައްމުލައްސިތީ ކައުންސިލް
ފުވައްމުލައް ސިޓީގެ ޑައިވް ސެންޓަރާއި، އަދި މުހައްމަދު ސައީދި ނިމޯ އާއި، ހުސެއިން އަލިދީދީ މެރީނާ އާއި، އަބްދުﷲ ޙާލިދު މަންޒަރުގެ އަށްވެސް ވަނީ އެވޯޑް ހާސިލް ކޮށްފައެވެ.
މިގޮތުން ޑައިވް ސެންޓަރުތަކުން މިހާރު ހިންގަމުން އަންނަ ހުރިހާ ޑައިވް ސެންޓަރުތަކާއި ގެސްޓް ހައުސްތަކަށް ވެސް ވަނީ ހިމަނާފައެވެ.
ފުވައްމުލައް ސިޓީގައި ފަތުރުވެރިކަން ފެށުނު ދުވަހުގެ ގޮތުގައި ބަލަނީ 16 ޖޫން 2013 އެވެ. ރާއްޖޭގައި ލޯކަލް ޓޫރިޒަމް ފުޅާ ވަމުންއަންނައިރުމިއީ ހިތްވަރު ދިމުނުމުގެ ގޮތުން ބޭއްވުމު މިހިންމު ކަމެއް ކަމަށްވެސް އެ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

