މާލެ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރަނި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މާލޭ ސިޓީ ކައުންސިލްގެ އިދާރާ މިއަދު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރި އިއުލާނެއްގައި ބުނެފައިވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން މާލެ ސިޓީގެ 6 އަވަށަށް އަމާޒުކޮށް، 18 ދާއިރާގައި ތިއްބެވި އަމިއްލަ މަސައްކަތުން ކުރި އެރުން ހޯދަމުން އަންނަ އަންހެން ކަނބަލުންނަށް ޚާއްސަކޮށް މިދިޔަ އަހަރު ދޭން ފެށި ރަނި އެވޯޑް މި އަހަރުވެސް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި އެވޯޑަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ މި މަހުގެ 14 ވާ ހޯމަ ދުވަހުގެ 13:30 އެވެ.
މިކަމަށް އެދި ހުށަހަޅާ ފޯމު ބަލައިގަންނާނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އޮފީސް (މއ.ޖަންބުގަސްދޮށުގެ 3 ވަނަ ފަންގިފިލާ ) އިން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ފެށިގެން މެންދުރު 13:30 އަށެވެ.
މީގެއިތުރުން ފޯމު މެއިލް ކުރުމުގެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ. ފޯމު މެއިލްކުރާނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެއިލް އެޑްރެސް wdc@malecity.gov.mv އަށެވެ.
މި އެވޯޑުގެ ގަވާއިދު ކަރުދާސް އިއުލާނާއެކު ވަނީ އެއްކަރުދާސްކޮށްފައެވެ.

