ސްކޫލަކަށް ވަދެ ޓީޗަރުންނަށް ބިރު ދެއްކި މައްސަލައިގައި ހައްޔަރުކޮށްފައި ހުރި މީހަކު އިއްޔެ ބަންދުން ދޫކޮށްލައިފި އެވެ.
ކްރިމިނަލް ކޯޓުން މަޢުލޫމާތު ދިންގޮތުގައި، މއ. ކަނޑޫގޭ އަލީ އަހުމަދު ހައްޔަރުކޮށްފައިވަނީ މިދިޔަ އޮގަސްޓް މަހުގެ ކުރީކޮޅު ސްކޫލަކަށް ވަދެ ބިރުދެއްކި މައްސަލައިގައެވެ. އޭގެ ފަހުން ތިން ފަހަރެއްގެ މަތިން އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވެއެވެ.
އިއްޔެ އަލީގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު.ކުރުމުން، ކޯޓުން ނިންމީ އޭނާ މިވަގުތު ބަންދުގައި ބަހައްޓަން ޖެހޭ ހާލަތެއް ނެތް ކަމަށެވެ. އެހެންކަމުން، އަލީ ބަންދުން ދޫކޮށްލުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ކުރިން ނެރެފައިވާ ބަންދު އަމުރުގައިވާ ގޮތުން، އަލީ ވަނީ ސްކޫލަށް ވަދެ އަޑު ގަދަކޮށް ބައެއް ޓީޗަރުންނަށް ބިރު ދައްކާފައެވެ. ނަމަވެސް އެއްވެސް މީހެއްގެ ގައިގައި އަތް ނުލާ ކަމަށްވެސް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން، އަލީ އަޙްމަދަކީ ބިރު ދެއްކުމުގެ ރެކޯޑް އޮންނަ މީހެއް ކަމަށާއި، އޭނާ ހިންގި ޢަމަލަކީ ސްކޫލު ކުދިންގެ މެދުގައި ބިރުވެރިކަން އުފެދޭނެ ކަމެއް ކަމަށްވެސް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.

