މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށުން މަސައްކަތްކުރަމުން ކޮމްޕިއުޓަރާއި ގުޅޭ ތަމްރީނު ފޯރުކޮއްދިނުމަށް،އިންޑިވިޖުއަލް ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު ހުޅުވާލައިފައެވެ.
އެ މަސައްކަތަގެ މައިގަނޑު މަޤްސަދަކީ މޯލްޑިވިސް ޕޮލިޓެކްނިކްގެ މުވައްޒަފުންނަށް ކޮމްޕިއުޓަރ ސްކިލްސް އެންހޭންސިންގ ޓެރެއިނިންގ ނުވަތަ ކޮމްޕިއުޓަރުގެ ތަމްރީނު ފޯރުކޮއްދެވުން ކަމަށް މަތީ ތައުލީމާއި ބެހޭ ވުޒަރާއިން ވަނީ ބުނެފައެވެ.
ކޮމްޕިއުޓަރ ސްކިލްސް އެންހޭންސިންގ ޓެރެއިނިންގ ނުވަތަ ކޮންޕިއުޓަރުގެ ތަމްރީނު ފޯރުކޮއްދެއްވާ ކޮންސަލްޓަންޓްގެ ޝަރުތުތަކުގެ ތެރޭގައި، އައިޓީ ދާއިރާއިން މާރސްޓާސް ޑިގްރީ އޮތް ފަރާތެއްކަމުގައިވުން ނުވަތަ އެފަދަ ދާއިރާއަކުން ކިޔަވައިދިނުމުގެ 1 އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން ނުވަތަ އައިޓީ ދާއިރާ އިން ބެޗްލާރސް ޑިގްރީ ހާޞިލުކޮއްފައިވުމާއެކު، އެފަދަ ދާއިރާއަކުން ކިޔަވައިދިނުމުގެ 2 އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން ހިމެނެއެވެ.

