އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، ރާއްޖޭގެ ދީނީ ދަޢުވަތުގައި އެންމެ ހަރަކާތްތެރި އެއް ޖަމްޢިއްޔާކަމަށްވާ ޖަމްޢިއްޔަތުއް ސަލަފާއި ބައްދަލު ކުރައްވައިފިއެވެ.
މިއަދު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ވުޒާރާގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ. ޖަމްޢިއްޔަތުއް ސަލަފްގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެލެއްވީ ޖެނެރަލް ސެކްރެޓަރީ އަޙްމަދު ޝަރީފްއާއި އިތުރު މުވައްޒަފަކެވެ.
މި ބައްދަލުވުމަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އެދިލެއްވުމަށް ކުރިއަށްދިޔަ މި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައިވަނީ ދީނީ ހަރަކާތްތައް ހިންގުމުގައި ދެ ފަރާތުން ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ގުޅޭ ގޮތުންނެވެ.
މިއީ އާއްމުކޮށް ޖަމްޢިއްޔާތަކާއި ބައްދަލުކުރާ އުސޫލުން ބޭއްވި ބައްދަލުވުމެކެވެ.

