އިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ގާނޫނުގެ ދަށުން އުފައްދާފައިވާ “އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަން” އަށް މިއަދު މެންބަރުން އައްޔަންކޮށްފިއެވެ.
އިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ބިލަކީ މިދިޔަ ޖެނުއަރީގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަސްދީގު ކުރެއްވި ބިލެކެވެ. މި ބިލު ގާނޫނަކަށްވެ އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަންގެ ވަކި ޑިވިޜަނެއް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގައި އުފެއްދުމަށް ބިލުގައި ކަނޑައަޅާފައިވެއެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްއިން ކުރި އިއުލާނެއްގައި ބުނީ އިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ގާނޫނުގެ 99 ވަނަ މާއްދާގެ (ހ) އިން އުފައްދާފައިވާ އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަނަށް، އެ ގާނޫނުގެ 100 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މިއަދު 11 މެންބަރުން އައްޔަންކުރެވިފައިވާ ކަމަށެވެ.
އައްޔަންކުރި މެންބަރުން:
އަލްއުސްތާޛާ ފާޠިމަތު ސައުސަން، މ. ވޭންކޫވަރ (ތަމްސީލުކުރާ ދާއިރާ: ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު)
ފަޟްލޫން ޙަމީދު، ހ.މީނާޒް (ތަމްސީލުކުރާ ދާއިރާ: މަސައްކަތްތެރިން)
މަރިޔަމް އިނާޝާ، މާވިނަ/ކ.ކާށިދޫ (ތަމްސީލުކުރާ ދާއިރާ: މަސައްކަތްތެރިން)
ޢާއިޝަތު މަހާރަތު، އިވްނިންގް ފްލާވަރ/ސ.ހިތަދޫ (ތަމްސީލުކުރާ ދާއިރާ: މަސައްކަތްތެރިން)
އަޙްމަދު ޝިހާމް، ރެޑްހައުސް/ސ.މީދޫ (ތަމްސީލުކުރާ ދާއިރާ: މަސައްކަތްތެރިން)
ޢާއިޝަތު ޢަލީ، އަނބުމާގެ/ގއ.ދާންދޫ (ތަމްސީލުކުރާ ދާއިރާ: މަސައްކަތްތެރިން)
ޢާޠިފް ޢަބްދުލްޙަކީމް، ހުޅުމާލެ ހިޔާ 06-22-6 (ތަމްސީލުކުރާ ދާއިރާ: މަސައްކަތްތެރިން)
ފާޠިމަތު ޖޫނީ ލަޠީފް، މއ.ސެނެކާ (ތަމްސީލުކުރާ ދާއިރާ: ވަޒީފާދޭ ފަރާތްތައް)
އަސްޢަދު ޢަލީ، މ.ވާރޭވިލާ (ތަމްސީލުކުރާ ދާއިރާ: ވަޒީފާދޭ ފަރާތްތައް)
އިޔާޟް ވަހީދު، ވިކްޓަރީ/މާދަޑު، ޏ.ފުވައްމުލައް (ތަމްސީލުކުރާ ދާއިރާ: ވަޒީފާދޭ ފަރާތްތައް)
އާމިނަތު މިރްފަތް އަޙްމަދު، މ.ޕާލް ގްރީން (ތަމްސީލުކުރާ ދާއިރާ: ވަޒީފާދޭ ފަރާތްތައް)
އިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ގާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި 8 މެންބަރުންގެ މައްޗަށް އެކުލެވޭ “ޓްރައިޕަރޓައިޓް އެޑްވައިޒަރީ ބޯޑު”ގެ ނަމުގައި ވެސް ބޯޑެއް އުފައްދަން ޖެހެއެވެ.

