މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އަޙްމަދު ޝިޔާމް، ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގްއާ އިއްޔެ ބައްދަލުކުރައްވާ ފުވައްމުލަކު ސިޓީގައި މަސްވެރިކަމުގެ ތަމްރީނު ޕްރޮގްރާމް ހިންގުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
ވަޒީރު ޝިޔާމާއި މޭޔަރު ރަފީގް ބައްދަލުކުރެއްވި އެ ބައްދަލުވުމުގައި، ފުވައްމުލަކު ސަރަޙައްދުން ކަނޑައިގެން ގޮސްފައިވާ ކަނދުފަތިތައް އަލުން އެޅުމުގެ މަސައްކަތާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މީގެ އިތުރުން، ފުވައްމުލަކުގައި ތުތި ބޯވާދިލަމަހުގެ މަސްވެރިކަން ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ތަމްރީނު ދިނުމުގެ ޕްރޮގްރާމެއް ހިންގުމާ ބެހޭގޮތުންވެސް ވާހަކަދެކެވުނެވެ.
އަދި ހަމައެހެންމެ، ފުވައްމުލަކުގައި ސްޕޯޓްސް ފިޝިންގ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނެވެ. މި ބައްދަލުވުމުގައި ދެ ފަރާތުން ވެސް ފާހަގަކުރެއްވީ، ފުވައްމުލަކު ސިޓީގެ މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް މިފަދا ޕްރޮގްރާމްތަކުގެ މުހިންމުކަމެވެ.

